ޚަބަރު
ޑެޕިއުޓީ މިނިސްޓަރު ޖަލީލަށް ފޯޖަރީގެ ތުހުމަތު
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލްޖަލީލް އިސްމާއިލް.
ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައި ސަލްމާން މިސްކިތުގެ އިމާމަކަށް އައްޔަނު ކޮށްފައި ހުރި އަބްދުލްޖަލީލް އިސްމާއިލާ ގުޅޭ ފޯޖަރީގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

އެނގިފައިވާ ގިތުގައި ޖަލީލުގެ މައްޗަށް ތުހުމަތުތަކެއް ކުރަނީ 2 ޖެނުއަރީ، 2022، ގައި މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ހއ. ހޯރަފުށި، ޑީންސްވިލާގޭ، ހާޝިމް މުހައްމަދު، 44، އާއިލާއިންނެވެ. އެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ހާޝިމްގެ ހުރިހާ ވިޔަފާރިތަކެއް ވަނީ ޖަލީލުގެ ނަމަށް ބަދަލުކޮށްފައެވެ.

ހާޝިމްގެ އާއިލާ އާއި ޖަލީލު އާ ދެމެދު މިދިޔަ ހޯމަ ދުވަހު މާލޭގައި ހިންގާ ފިހާރައެއްގެ ތެރޭގައި ހަމަނުޖެހުމެއް ވެސް ހިނގާފައިވާއިރު، ފުލުހުން ވަނީ މުދަލާއި ގެދޮރުގެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ދެ ފަރާތަށް ވެސް އިރުޝާދު ދީފައިވާނެ ކަމަށް ބުނެފަ އެވެ.

ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ހާޝިމްގެ ވިޔަފާރީގެ ހަމައެކަނި ހިއްސާދާރަކީ އޭނާ ކަމަށް ވެ އެވެ. އެކަމަކު އޭނާ މަރުވި ފަހުން ހުރިހާ ވިޔަފާރިތަކެއް ހިންގަމުންދަނީ ޖަލީލު ކަމަށް ހާޝިމްގެ އާއިލާ އިން ތުހުމަތު ކުރެ އެވެ.

ކިންގް ސަލްމާން މިސްކިތުގެ އިމާމުކަން ވެސް ކުރާ ޖަލީލަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާއާ ސުވާލުކުރުމުން ޖަވާބެއް ނުދެއްވަ އެވެ.

ހާޝިމްގެ އާއިލާ އާއި ޖަލީލު އާ ދެމެދު މާލޭގައި ހިންގާ ފިހާރައެއްގެ ތެރޭގައި މިދިޔަ ހޯމަ ދުވަހު ހަމަނުޖެހުމެއް ވެސް ހިނގި އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، އެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މުދަލާއި ގެދޮރުގެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ހާޝިމްގެ އާއިލާއަށާއި ޖަލީލުއަށް ވެސް އިރުޝާދު ދީފައިވާނެ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު