ޚަބަރު
ޑްރަގް އުފުލި ބޯޓްގައި ތިބި ލަންކާ މީހުން އެއް މަހަށް ބަންދު
ގަވައިދާ ޚިލާފަށް ރާއްޖޭގައި ހަރަކާތްތެރިވަމުން އައި ލަންކާގެ މަސް ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗާއެކު ހިފެހެއްޓި ފަސް ބިދޭސީންގެ ބަންދަށް 30 ދުވަސް އިއްޔެ ޖަހައިފިއެވެ.

އެ މައްސަލާގައި ބޯޓްގައި ތިބި ލަންކާގެ ފަސް މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމު ކޮށްފަ އެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކަސްޓޯޑިއަލް ޖަލެެއްގައި 30 ދުވަހަށަ ބަންދު ކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި މި މަސްބޯޓު އެމްއެންޑީއެފްއިން އަތުލައިގަތީ މި މަހުގެ 23 ވަަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ ބޯޓު އަތުލައިގަތުމަށްފަހު ގެންދިޔައީ ކުޅުދުއްފުއްޓަށެވެ. ބޯޓުގައި ފަސް ފަޅުވެރިން ތިބިކަމަށާއި، އެ އެންމެންނަކީވެސް ސްރީލަންކާއަށް ނިސްބަތްވާ
ފިރިހެނުން ކަމަށް އޭނާ ވިދާޅުވި އެވެ.   

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހުން ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހަށް ބަންދުކުރަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށެވެ.

ބަންދުކުރި ފަސް ބިދޭސީންނަކީ ވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުންނެވެ. އެ މީހުންނަކީ:

  • ރާޖަޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް، 21 އަހަރު
  • މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ، 22 އަހަރު
  • ޗަމޮދް ދިވިންގާ ދިލަކާވަ، 22 އަަހަރު
  • ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ، 37 އަހަރު
  • ލޮރެންސު ހޭވާގީ ސަރަތު، 56 އަހަރު
މިއީ މި މަހުގެ 24ވަނަ ދުވަހު ހދ. މަކުނުދޫ ބޭރުން އަތުލައިގަތް "އަށަންޕުތަ" މަސް ނަމަކަށް ކިޔާ ބޯޓުން ހައްޔަރުކުރި މީހުންނެެވެ. އެ ބޯޓުން މަގުމަތީ އަގުގައި އެއް ބިލިއަން ރުފިޔާއަށް އަރާ މަސްތުވާތަކެތި ފުލުހުން އަތުލައިގަތެވެ.

މި ތަކެތީގެ ޕްރެލިމިނަރީ ނަތީޖާތައް ދައްކާ ގޮތުން އޭގެ ތެރޭގައި 344 ކިލޯގެ މެތު އަދި 124.6 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށް ސީޕީ އަލީ ޝުޖާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު