ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ގަވާއިދާ ހިލާފަށް ރާއްޖެއަށް ވަދެ އުޅުނު ބޯޓެއް އަތުލައިގެންފި
މަރިޔަމް އަނާ
24 ނޮވެމްބަރ 2024 - 17:46
0
comments
އެމްއެންޑީއެފުން އަތުލައިގަތް މަސް ދޯނި.
Tweet
Telegram
ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް ސިފައިން އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގަ އެވެ. މިއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް މި ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް އަދި ބޯޓު އަތުލައިގަތީ ކޮން ސަރަހައްދަކުން ކަމެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ.
އެކަމަކު ބެލެވޭ ގޮތުގައި މިއީ އިންޑިއާ ނޫނީ ސްރީލަންކާ ހިސާބުގެ ބޯޓަށް ވުން ގާތެވެ. އެއީ މި ބޯޓުގެ ސިފަތަކާ އެ ގައުމުގެ މީހުން ބޭނުން ކުރާ ބޯޓުތަކުގެ ސިފަ އާ އެއްގޮތް ގޮތެއް ހުރުމުންނެވެ.
އެމްއެންޑީއެފުން ހަމައެކަނި ހާމަކުރީ އެ ބޯޓުގެ ފޮޓޯއެކެވެ.
ފުލުހުން މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އެ ބޯޓުން 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، އެ ބޯޓު ފެނިފައިވަނީ ރޭ ދަންވަރު މަކުނުދޫ ބޭރުންނެވެ. ސްރީ ލަންކާއަށް ނިސްބަތްވާ އެ މަސްބޯޓުން 400 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެވެ އުޅުނު މަސް ބޯޓެއް ކޯސްޓު ގާޑުން މިއަދު އަތުލައިގެންއިރު، މި މަހު 16 ގައި ވެސް ގަވާއިދާ ހިލާފަށް ރާއްޖެއަށް ވަދެ އުޅުނު މަސް ބޯޓެއް ސިފައިން އަތުލައިގަތެވެ. އެދުވަހު އެބޯޓު އަތުލައިގަތީ ޑްރޯންގެ އެހީގަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
23 މިނެޓް ކުރިން
0
ކޯސްޓު ގާޑުން އަތުލައިގަތް ބޯޓަުން 468 ކިލޯ ޑްރަގު ފެނިއްޖެ
1 ދުވަސް ކުރިން
0
އެމްއެންޑީއެފާއި އިންޑިއާ ސިފައިން ގުޅިގެން ތަމްރީނެއް ނިންމާލައިފި
8 ދުވަސް ކުރިން
0
ގަވައިދާ ހިލާފަށް ރާއްޖެ އައިސް އުޅޭ ބޯޓެއް ޑްރޯނުން ހޯދައިފި
12 ދުވަސް ކުރިން
0
ސިފައިންނާއި ފުލުހުންގެ ހަރަދު ބޮޑު މެޑިކަލް ވެލްފެއާ ސްކީމު ބަދަލުކުރަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި
6 މިނެޓް ކުރިން
0
ރައީސް ވިދާޅުވީ މަސްތުވާތަކެތިން ރާއްޖެ އެއްކޮށް ސަލާމަތްކުރަން އިސްކަންދޭ ކަމަށް
10 މިނެޓް ކުރިން
0
ގޮނޑި ގެއްލޭ މައްސަލައަށް އެމްޑީޕީ އާއި ޑިމޮކްރެޓުން ވަންނަނީ
14 މިނެޓް ކުރިން
0
ކޯސްޓު ގާޑުން އަތުލައިގަތް ބޯޓަުން 468 ކިލޯ ޑްރަގު ފެނިއްޖެ
23 މިނެޓް ކުރިން
0