ޚަބަރު
ސިފައިންނާއި ފުލުހުންގެ ހަރަދު ބޮޑު މެޑިކަލް ވެލްފެއާ ސްކީމު ބަދަލުކުރަނީ
ސިފައިންނާއި ފުލުހުނަށާއި އެ މީހުންގެ އާއިލާތަކަށް ބޭސް ފަރުވާގެ ހިދުމަތް ދިނުމަށް މިހާރު ފޯރުކޮށްދެމުން އަންނަ ވަކި ލިމިޓެއް ނެތް ސްކީމް އުވާލުމަށްފަހު ޕްރައިވެޓް އިންޝްއަރެންސެއް ފޯރުކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ތަފުސީލުގައި ފުލުހުންނާއި ސިފައިން އަދި އާއިލާތަކަށް މެޑިކަލް ވެލްފެއާ ސްކީމް މިހާރު ބައްޓަންވެފައި އޮތް ގޮތުން އެއް ފަރުވާއަކަށް އިތުރު ސްކީމެއް ކަނޑައެޅި ހަރަދު ކުރެވެމުންދާކަން ފާހަގަކޮށްފައިވެ އެވެ.

މި ގޮތުން މި އަހަރުގެ ނިޔަލަށް ފުލުހުންނާއި ސިފައިންގެ ބޭސްފަރުވާއަށް އާސަންދައިގެ ބޭރުން ޖުމްލަ 321.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

މި ސްކީމަށް މިހާރު ލިމިޓެއް ކަނޑައެޅިފައިނުވާއިރު ކޮސްމެޓިކް ޕްރޮސީޖާތަކާއި ބައެއް ކޮންސިއުމަބަލްސް ވެސް މި ސްކީމުގެ ތެރެއިން ލިބޭ ގޮތަށް ހަމަޖެހިފައިވެ އެވެ. 

"މިކަންކަމުގެ ސަބަބުން އިސްރާފު އިތުރުވެ، އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން އެކަށީގެންވާ މިންވަރެއްގައި ފޯރުކޮށްދިނުމަށް ދަތިވެ، އިޖުތިމާއީ ރައްކާތެރިކަން ގާއިމުކުރުމުގެ މަގުސަދުތަކާ ފުށުއަރާ،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ސިފައިންނާއި ފުލުހުންގެ މެޑިކަލް ސްކީމަށް އާސަންދައިގެ ބޭރުން މިއަހަރުގެ ނިޔަލަށް 321.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. މި ސްކީމަށް މިހާރު ލިމިޓެއް ކަނޑައެޅިފައި ނުވާއިރު ކޮސްމެޓިކް ޕްރޮސީޖާތަކާއި ބައެއް ކޮންސިއުމަބަލްސް ވެސް މި ސްކީމުގެ ތެރެއިން މިހާރު ދެމުން އަންނަކަން މިނިސްޓްރީންއިން ފާހަގަ ކުރިއެވެ.

ފިނޭންސްއިން ބުނީ މި ސްކީމުގެ ބަދަލުގައި ސިފައިންނާއި ފުލުހުންގެ އިތުރުން އެ މީހުންގެ އާއިލާތަކަށް އެއްހަމަކޮށް، ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި ދައުލަތުން ކުރަން ޖެހޭ ހަރަދު ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ސިފައިންނާއި ފުލުހުން ވަޒީފާ އަދާކުރުމުގެ ތެރެއިން ލިބޭ އެންމެހާ ގެއްލުންތަކަށް ދައުލަތުން ހަރަދުކޮށްދޭނެ ކަމަށް ފިނޭންސްއިން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު