
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ ދެން ލީޑަރު ނުރުހޭ ގޮތަކަށް އަމަލުކޮށްފި ނަމަ ނުވަތަ ޚިޔާލު ތަފާތު ވެއްޖެނަމަ ނުވަތަ ވޯޓުދީފި ނަމަ ޕާޓީން ވަކިކޮށްލުމުން މަޖިލިސްގެ މެންބަރުކަން ގެއްލިގެން ދާނެ ކަމަށެވެ."ޕާޓީގެ ލީޑަރު ކިތަންމެ ބޮޑު ނުބައި ކަމެއް ކުރިޔަސް ހަނުހުރުން ނޫނީ ސަނާކިޔުން ނޫން ގޮތެއް މެންބަރަކަށް ދެން ނޯންނާނެ." ގާނޫނުއަސާސީއަށް އިއްޔެ ގެނައި އިސްލާހާ ގުޅިގެން އުމަރު ވިދާޅުވި އެވެ.އޭނަ ވިދާޅުވީ މަޖިލިސް މެންބަރުގެ އަމިއްލަ ވިސްނުމާއި ފިކުރަށް ވަކާލާތުކޮށް ވޯޓު ދިނުން ވެސް ދެން ނިމުމަމަކަށް އައީ ކަމަށެވެ."ދެރައީ އަމިއްލަ ގައިގާ ވަޅިއެ ރޭއިރު ވެސް މަޖިލިސް މެންބަރުންނަށް އެކަން ނޭނގޭކަން." އުމަރު ވިދާޅުވި އެވެ.ސަރުކާރުން ވަނީ މައިގަނޑު ތިން ކަމެއް ގާނޫނުއަސާސީގައި ހިމަނަން އިއްޔެ ހުށަހަޅާފައެވެ. އެއީ؛