ޚަބަރު
ވެރިކަން ކުރާ ޕީއެންސީ ބައިބައިކުރަން ފުރުސަތު ނުދޭން އެދެފި
ވެރިކަން ކުރާ ޕީއެންސީ ބައިބައިވުމަށް ފުރުސަތު ނުދިނުމަށް ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބު ކައިރިވާ ވަރަކަށް އެއިރަކު އޮންނަ ވެރިކަން ކުރާ ޕާޓީ ބައިބައިކޮށްލުމަށް މަސައްކަތް ކުރުމަކީ އިދިކޮޅު ފަރާތްތަކުން ކުރާ ކަމެއް ކަމަށެވެ.

"މިހާރު ޓާގެޓަކަށް ވާނީ ޕީއެންސީ، އެކަމަށް ހުށިޔާރުވާން ޖެހޭ" އާދަމް ޝަރީފް ވިދާޅުވި އެވެ.


އާދަމް ޝަރީފް ވިދާޅުވީ މި ގައުމަށްޓަކައި ޕީއެންސީގެ ލީޑާޝިޕަށާއި ޕާޓީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ހިދުމަތަކަށް ވާނީ ޕާޓީ ބައިބައިވުމަށް ފުރުސަތު ނުދީ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް، ޑރ. މުހައްމަދު މުއިއްޒު ހޮވުމަށް އެއް ރޫހެއްގައި މަސައްކަތް ކުރުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު