ޚަބަރު
ނޫސްވެރިން ޖަލަށްލުމަކީ ވެރިކަން ނިމުމުގެ ފެށުން: އުމަރު ނަސީރު
ނޫސްވެރިން ޖަލަށްލާންޖެހޭ ހިސާބަށް ދިޔުމަކީ ވެރިކަން ނިމުމުގެ ފެށުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ މިރޭ އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން ކުރެއްވި މީސް މީޑިއާ ޕޯސްޓެއްގަ އެވެ.

އުމަރު ވިދާޅުވީ ނޫސްވެރިން ޖަލަށްލައިގެން އަނގަ ބަންދުކުރަންޖެހޭ ހިސާބަށް އައުމަކީ އެވެރިކަމެއްގެ ނިމުމުގެ ފެށުން ކަމަށާއި މިއީ ރާއްޖޭގެ ތާރީހުން ވެސް ފެންނަން އޮތް ކަމެއް ކަމަށެވެ.

ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ތިބޭ ވެރިންނަކީ އާންމު އެހެން ފަރުދުންނާ ހިލާފަށް، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ އަޑުގަދަވާނެ ބައެއްކަން ދެނެތިބެގެން އެކަންކަމާ ހަވާލުވާ ބައެއް ކަމަށާއި ވެރިންނަށް ކުރެވޭ ތުހުމަތުތަކަކީ އާންމު އެހެން ފަރުދުންނެކޭ އެއްގޮތަށް މިނެކިރާ އެއްޗެއް ނޫން ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި ވެރިން ހުތުރުކަމެއްގައި ބައިވެރިނުވާކަން ސާބިތުވާން ޖެހޭނީ ޝަރުއީ ކޯޓަކު ނޫން ކަމަށާއި މައުސޫމްކަން ސާބިތުކުރަން ޖެހެނީ "ކޯޓް އޮފް ޕަބްލިކް އޮޕީނިއަން"ގަ އެވެ. އަދި އާންމު ރައްޔިތުންގެ ވިސްނުމުގައި އެވެރިއެއް މައުސޫމްކަމަށް ބުރަވެވެން ޖެހޭ ކަމަށާއި ކުރެވޭ ތުހުމަތަށް އޮތް ހަމައެކަނި ޖަވާބަކީ "ދޮގެކޭ" ބުނުމަކުން ނުފުދޭ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

އަދަދު ނޫހުގައި ލިޔުނު ހަބަރަކާ ގުޅިގެން "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށް ލާފަ އެވެ. އަދި ރައީސް މުއިއްޒުއާ ސުވާލުކުރި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ 15 ދުވަހަށް ޖަލަށް ލާފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު