އެސްޓީއޯ އިން ހިންގަމުންދިޔަ ފާމަސީތައް، އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް (ސްޓޭޓްފާމާ) ގެ ދަށަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި އެވެ. 
އެސްޓީއޯގެ ދަށުން ހިންގަމުންދިޔަ ހުރިހާ ބޭސްފިހާރަތަކެއް ސްޓޭޓްފާމާގެ ދަށަށް ބަދަލު ކުރުމުގެ އެންމެ ފަހު މަރުހަލާ ފެށީ މިދިޔަ މަހުގެ ފަހުކޮޅެވެ.އެ މަސައްކަތް ނިމި، މިއަދުން ފެށިގެން ސްޓޭޓްފާމާގެ ދަށުން ހިދުމަތް ދޭން ފެށިއިރު، ސްޓޭޓްފާމާއިން ބުނީ، އެ ކުންފުނީގެ މައިގަނޑު މަގްސަދަކީ މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، މި ހިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމުގައި ސާބިތުކަމާއެކު ދެމިތިބުން ކަމަށެވެ.އަދި މިފަދަ ގައުމީ މުހިންމު ޒިންމާއަކާ ހަވާލުވުމަކީ މި ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.ރާއްޖެއަށް ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް މިހާތަނަށް ގެންނަމުން އައީ އެސްޓީއޯއިންނެވެ. އަދި ސްޓޭޓްފާމާ އުފެއްދީ މިހާރު ކުރިމަތިވެފައިވާ، ބޭސް ނުލިބުމުގެ މައްސަަލައަށް ހައްލު ހޯދައި މިހާރަށް ވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން އެ މަސައްކަތް ކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.