ވިޔަފާރި
ބޭސް ގެނައުމަށްޓަކައި އެސްޓްރާޒެނެކާ އާ އެކު ސްޓޭޓްފާމާއިން މަސައްކަތް ފަށަނީ
ރާއްޖެއަށް ބޭނުންވާ މުހިންމު ބޭހާއި ސިއްހީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމަށްޓަކައި ސްޓޭޓްފާމާ އިން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި -- އެސްޓްރަޒެނިކާގެ މަންދޫބުންނާއެކު މިއަދު މަޝްވަރާކޮށްފި އެވެ.

ސްޓޭޓްފާމާއިން ބުނީ ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސްތަކާއި ސިއްހީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމާ ގުޅޭ ގޮތުން، އެ ކުންފުނިން އެސްޓްރާޒެނެކާ އާ އެކު ބައްދަލުވުމެއް ބާއްވައިފައިވާނެ ކަމަށެވެ.

ސްޓޭޓް ފާމާއިން ބުނި ގޮތުގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ދުނިޔޭގެ ނަން މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކާ އެކު ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރަން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. 

އެސްޓްރަޒެނިކާއަކީ ބޭސް އުފެއްދުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏަކަށްވާއިރު، މި ފެށުނު މަސައްކަތުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސްތައް މެދުކެނޑުމެއް ނެތި ލިބުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ސްޓޭޓް ފާމާއިން ގަބޫލުކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު