ވިޔަފާރި
ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ދިރާގު އެލީޓް ކްލަބް ޕްލަސް ތައާރަފްކޮށްފި
ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް 100އަށް ވުރެ ގިނަ އައުޓްލެޓްތަކުން އަގުހުރި ފައިދާތަކާއި ޑިސްކައުންޓްތަކާ އެކު ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު އޮތް ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި މި ބަދަލު އިއުލާނުކޮށް އެ ކުންފުނީގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މި ބަދަލަކީ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ގިނަ ފައިދާތަކަކާއި މަންފާތަކެއް ހޯދޭނެ ފުރުސަތު ފޯރުކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. 

"އަޅުގަނޑުމެންގެ މަގުސަދަކީ މިއަދު މި ތައާރަފްކުރި އެލީޓްކްލަބް+ މެދުވެރިކޮށް، އަޅުގަނޑުމެންގެ ޕާޓްނަރުންނާ ގުޅިގެން ދިރާގުގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށް ވެސް ދިރާގުގެ ކަސްޓަމަރަކަށް ވީތީ، އެ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި އުފާވެރިކަން ލިބިގެންދިއުން،" އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ދަށުން ދިރާގުގެ ކަސްޓަމަރުން މި ޕްރޮގުރާމުގައި ބައިވެރިވުމުން ހިދުމަތްތަކަށް ފައިސާ ދެއްކުމުން ޕޮއިންޓު ލިބޭނެ އެވެ. މި ލިބޭ ޕޮއިންޓުތަކަކީ ދިރާގުގެ އެލީޓް ކްލަބް ޕާޓްނަރުންގެ ހިދުމަތްތައް ހޯދުމަށް، ރިޑީމްކޮށް ބޭނުން ކުރެވޭނެ ޕޮއިންޓެވެ. 

ދިރާގު އެލީޓް ކްލަބް ޕްލަސް ތައާރަފްކޮށްފައި ވަނީ ހަތަރު ޓިއާ އަކަށް ބަހާލައިގެން، ހަތަރު ކާޑެކެވެ. އެއީ ގޯލްޑް، ސިލްވާ، ބްރޮންޒް އަދި ޕްލެޓިނަމް އެވެ. މިއިން ކޮންމެ ކާޑަކަށް ވެސް ހާއްސަ އެކްސްކްލޫސިވް ބެނެފިޓްތައް ލިބެން ހުންނާނެ އެވެ. 

ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންގެ ގޮތުގައި މި ވަގުތު ތިބި ކަސްޓަމަރުން އޮޓޮމެޓިކުން އެލީޓްކްލަބް+ އަށް އެންރޯލްވާނެ އެވެ. އަދި، އެހެން މޮބައިލް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް، އެލީޓްކްލަބް+ ބެނާ މެދުވެރިކޮށް ފަސޭހަކަމާ އެކު މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ.

ދިރާގު އެލީޓް ކްލަބް ޕްލަސް މެމްބަރަކަށް ވުމަށް، ދިރާގު އެޕަށް ވަދެ، 'ޖޮއިން ކްލަބް މެމްބަ' ބެނާއަށް ފިތާލައިގެން ކްލަބުގެ މެމްބަރަކަށް ވެވޭނެ އެވެ. 

ދިރާގުގެ އެލީޓް ކްލަބް ޕާޓްނަރުންގެ ގޮތުގައި 100 އަށް ވުރެ ގިނަ ވިޔަފާރިތައް ހިމެނެ އެވެ.

 ދިރާގުން އަންނަނީ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ މީހުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މިފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު