
ދީނީ ހޭލުންތެރިކަން އިތުރު ކުރަން މަސައްކަތް ކުރާ އަލީ ރަމީޒު އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ޔަހޫދީންގެ ނުބައި ވާހަކަ ދެއްކުން ހުއްޓުވޭނީ މުސްލިމުން ގަތުލުކޮށްގެން ކަމަށެވެ. "ޔަހޫދީންގެ ނުބައި ވާހަކަ ދެއްކުން މުސްލިމުންގެ ދޫތަކުން ހުއްޓުވޭނެ އޮތީ އެންމެ ގޮތެއް. އެއީ އެމީހުންގެ [މުސްލިމުންގެ] ބޯތައް ކަނދުރާއިން ވަކި ކުރުން،" އަލީ ރަމީޒް ބުނެފައިވެ އެވެ. މި ސަރުކާރުން ރަސްމާލެ ޔޫއޭއީގެ ކުންފުންޏަކަށް ދީގެން ތަރައްގީ ކުރަން އުޅޭތީ އާއި ވަކި ދީނަކަށްވާތީ ނުވަތަ ވަކި ގައުމަކަށްވީތީ ނަފްރަތު އުފައްދައި ގެއްލުން ދިނުމާއި ރާއްޖޭގެ އިގްތިސާދީ ރައްކާތެރި ކަމަށް ގެއްލުންވާނެ ކަންކަން ކުރުމަކީ ޖިނާއީ ބޮޑު ކުށަކަށް ހަދަން މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދާތީ ވެސް އަލީ ގެންދަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ މިފަދަ ސިޔާސަތުތަކާ ނުރުހޭކަން ހާމަކުރަމުންނެވެ.ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ.