ޚަބަރު
މެމްބަރުންގެ މުސާރަ އެއް ލައްކަ ޑޮލަރަށް ބަދަލުކޮށްލަން ފެނޭ: އަލީ ރަމީޒް
އަލީ ރަމީޒު ޓީވީ ޝޯއެއް ހޯސްޓް ކުރަނީ
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ މަޖިލީހުން ކަނޑައަޅައި މުސާރަތައް ބޮޑުކުރަން ފާސްކޮށްފައެވެ. އެގޮތުން، މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ރައީސާއި ނައިބު ރައީސްގެ މުސާރަ ވެސް ބޮޑުކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެކަމަކު، މުސާރަތައް ބޮޑުކުރަން މަޖިލީހުގެ ތަޅުމުން އަދި ފާސްކޮށްފައެއް ނުވެއެވެ.

އިއްޔެ ބޮޑުކުރަން ނިންމި މުސާރަތައް:

  • މަޖިލިސް މެންބަރުންގެ މުސާރަ، އެލަވަންސާ އެކު 82،500 ރުފިޔާއިން 100،000 ރުފިޔާއަށް
  • ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 100،000 ރުފިޔާއިން 120،000 ރުފިޔާއަށް ބޮޑުކުރުން
  • ނައިބު ރައީސްގެ މުސާރަ 75،000 ރުފިޔާއިން 93،000 ރުފިޔާއަށް ބޮޑުކުރުން
  • ވަޒީރުންގެ މުސާރަ 66،000 ރުފިޔާއިން 74،000 ރުފިޔާއަށް ބޮޑުކުރުން
މީގެ އިތުރުން ވެސް ގަވަރުނަރު، އޮޑިޓާ ޖެނެރަލް، އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މުސާރަ ވެސް 74،000 ރުފިޔާއަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ.

ސިޔާސީ ބޭބޭފުޅުންގެ މުސާރަތައް ބޮޑުކުރަން ނިންމުމާ އެކު އާންމުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

މެމްބަރުންގެ މުސާރަ ބޮޑު ކުރުމުން ދީނީ އިލްމަށް ގޮވާލެއްވުމުގައި ބުރަކޮށް އުޅުއްވާ އަލީ ކުރި އެފްބީ ޕޯސްޓެއްގައި ބުނީ މަޖިލީސް މެމްބަރުންގެ މުސާރަ އެއް ލައްކަ ރުފިޔާގެ ބަދަލުގައި އެއް ލައްކަ ޑޮލަރަށް ބަދަލުކޮށްލަން ފެންނަ ކަމަށެވެ.

އެކްސްގައި އެހެން މީހަކު ކުރި ޕޯސްޓެއްގައި ވަނީ އެއްވެސް ތައުލީމެއް ނެތި، މަޖިލީހަށް ހާޒިރުނުވެ މަސައްކަތެއްގައި ބައިވެރިނުވިޔަސް ކޮންމެ މަހަކު 100،000ރ. ގެންދަން ލިބުމާ ގުޅުވައި މުހިންމު ސުވާލެއް ކޮށްފަ އެވެ.

"މިހެންވީމަ، ބުރަކޮށް މަސައްކަތްކޮށްގެން ތައުލީމާއި ތަޖުރިބާ ހޯދައިގެން މުޖުތަމައުއަށް ހިދުމަތް ކުރާ މީހުންނާ މެދު ކީކޭތޯ މި ބުނެވެނީ،" އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
29%
43%
0%
29%
2 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު