ޚަބަރު
އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް ސަސްޕެންޑުކޮށްފި
އަލީ ރަމީޒް
ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވާ ސަލަފު ޖަމިއްޔާގެ މެމްބަރު އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް މިރޭ ސަސްޕެންޑުކޮށްފި އެވެ.

އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފައި ވަނީ މިއަދު އެވެ. ޓްވިޓާއިން އޭނާގެ އެކައުންޓް ސަސްޕެންދް ކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ ޓްވިޓާގެ އުސޫލުތަކާއި ހިލާފު ވުމެވެ.

28،000 އަށް ވުރެ ގިނަ މީހުން ފޮލޯކުރާ އަލީ ރަމީޒު މިރޭ ބުނީ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރި ސަބަބެއް ނޭންގޭ ކަމަށާއި އިނީ ސަސްޕެންޑް ކޮށްފައި ކަމަށެވެ.

މިދިޔަ ރޯދަ މަހުގެ ފަހު 11 އިން ފެށިގެން އިޒުރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް، އަލީ ރަމީޒް ވަނީ ސޯޝަލް މީޑިއާގެ ދެ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކާއި ޓުވިޓާގައި ވެސް ވަރަށް ގިނަ ވާހަކަތައް ދައްކައިފަ އެވެ.

މީގެ ކުރިންވެސް ބައެއް ދިވެހިންގެ ޓްވިޓާ އެކައުންޓްތައް ސަސްޕެންޑް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބައެއް ސިޔާސީ ފަރާތްތައްވެސް ހިމެނެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު