
އަލީ ރަމީޒުގެ ޓުވިޓާ އެކައުންޓް ސަސްޕެންޑްކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެކަމަކު އޭނާގެ އެކައުންޓް ޓުވިޓާ އިން އަނބުރާ ދިން ނަމަވެސް ސަސްޕެންޑް ކުރި ސަބަބު ސާފެއް ނުވެ އެވެ. އަލީ ރަމީޒް މިއަދު ބުނީ އޭނާއަށް އަލުން އެކައުންޓް ލިބުނީ އެކަމުގައި އެތައް ބަޔަކު ކޮށްދިން ގިނަ މަސައްކަތްތަކަކާ ގުޅިގެން ކަމަށެވެ. އެހެންވެ އެ ހުރިހާ އެންމެންނަށް އަލީ ރަމީޒު ވަނީ ޝުކުރު އަދާކޮށްފަ އެވެ. އެ ހުރިހާ އެންމެނަށް ވަނީ ޝުކުރު އަދާ ކޮށްފަ އެވެ. ޓުވިޓާއިން އެ އެކައުންޓް ހުއްޓުވިއިރު، އަލީ ރަމީޒަށް ފޮލޯކުރާ 28،000 އަށް ވުރެ ގިނަ މީހުން ތިއްބެވެ.ދީނީ ހޭލުންތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔަތުއް ސަލަފާއެކު ހުންނެވި އަލީ ރަމީޒަކީ ޓްވިޓާ މެދުވެރިކޮށް ދީނީ މައުލޫމާތު ފޯރުކޮށް ދިނުމުގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.