ޚަބަރު
ދީނީ ހަރަކާތްތައް ހިންގަން ޖަމިއްޔާތަކަށް މާލީ އެހީ ދެނީ
ދީނީ އިޖްތިމާއީ މަސައްކަތްކުރާ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުމުގެ ބައިވެރިން.--
ދީނީ ޖަމިއްޔާތަކަށް އިސްލާމިކް މިނިސްޓްރީގެ އެކި ވަސީލަތްތައް ފޯރުކޮށްދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މިނިސްޓްރީ އާއި ޖަމިއްޔާތައް ގުޅިގެން މިއަދު މަހާސިންތާއެއް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ޖަމިއްޔާތަކަށް ފައިސާ ދޫކުރަން ނިންމާފައިވާކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ، އިސްލާމީ މަރުކަޒުގައި މިއަދު ފެށި ބައްދަލުވުމުގައި އެކަމާ ގުޅޭ އެއްބަސްވުން ގާއިމް ކުރާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި އެކިއެކި ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކަށް މާލީ ގޮތުން ވެސް އެހީތެރިކަން ދެވެން އޮތް މިންވަރަކުން މިނިސްޓްރީގެ ފަރާތުން އެހީތެރިވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމްތައް މި މަހާސިންތާ ނިމިގެން ދާއިރު ހަމަޖެހިގެން ދާނެ ކަމަށެވެ. އެ އިންތިޒާމުތައް ހަމަޖެހިގެން ދާނީ ވަރަށް ފުރިހަމައަށް ކަމަށާއި، މިކަމަކީ ދެމިގެންދާ ކަމެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި އެކިއެކި ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކަށް މާލީ ގޮތުން ވެސް އެހީތެރިކަން ދެވެން އޮތް މިންވަރަކުން މިނިސްޓްރީގެ ފަރާތުން އެހީތެރިވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އިސްލާމްދީނަށް ގޮވާލުމުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާ ކުރުމާއި ޖަމިއްޔާތަކުން ދައުވަތުގެ ކަންކަމުގައި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް ބައްދަލުވުމުގައި ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުން ކުރިއަށް ގެންދަނީ އެކި ސެޝަންތަކަށް ބަހާލައިގެންނެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ 66 ދީނީ ޖަމިއްޔާއަކުން ބައިވެރިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ. 
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު