ވިޔަފާރި
އުރީދޫއާ ގުޅިގެން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރަނީ
އިސްލާމިކް މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިއްޔެ އިފްތިތާހުކޮށްފި އެވެ. 

އުރީދޫ ހެޑް އޮފީހުގައި  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްފައިވާއިރު އުރީދޫ އިން ބުނީ މިއީ ދީނީ އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަށާއި، ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން ދޭ އަހަމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

އެ ގޮތުން މި މަޝްރޫއުގެ ދަށުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

"އުރީދޫ މަސްޖިދުނާ"ގެ ދަށުން ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް އުރީދޫ އެހީވާނެ އެވެ. އަދި މަރާމާތުގެ މަސައްކަތްތައް ނިންމާނީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގެ ކުރިން ކަމަށް މިނިސްޓްރީން ބުންޏެވެެ. 

މިނިސްޓްރީން ބުނި ގޮތުގައި "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވްއަކީ ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްގީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް މިނިސްޓްރީން ކުރަމުންދާ ދެމެހެއްޓެނިވި މުހިންމު މަސައްކަތެކެވެ. އެ ގުޅުމުގެ ދަށުން މިނިސްޓްރީ އާއި އުރީދޫގެ އަމާޒަކީ މިސްކިތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެހީތެރިވެދިނުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު