އިސްމާއިލް ރިޒާ
16 ނޮވެމްބަރ 2026 - 11:08
0 comments
ގޫގުލް ޕިކްސެލް ސްމާޓްފޯނުތަކަށް 5ޖީގެ ހިދުމަތް އުރީދޫ މެދުވެރިކޮށް ފޯރުކޮށްދޭން ފަށައިފި އެވެ.
މިއާއެކު ޕިކްސެލް ބޭނުންކުރާ ފަރާތްތަކަށް އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް ހަލުވި އިންޓަނެޓް ސްޕީޑާއެކު އިތުރަށް ފުރިހަމަވެފައިވާ މޮބައިލް ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
އުރީދޫ އިން ބުނީ ނޮވެމްބަރު މަހުގެ އަޕްޑޭޓާއެކު، ގޫގުލްގެ އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓަށްފަހު އުރީދޫ ނެޓްވޯކްގައި ގޫގުލް ޕިކްސެލް ބޭނުންކުރާ ފަރާތްތަކަށް މިހާރު 5ޖީގެ ހިދުމަތް ލިބޭނެ ކަމަށެވެ. މީގެ އިތުރުން މި އަޕްޑޭޓާއެކު ވޮއިސް އޯވާ އެލްޓީއީ (ވީއޯއެލްޓީއީ) ވެސް ބޭނުން ކުރެވޭނެތީ، 4ޖީ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ސާފުކޮށް ފޯނު ކޯލުތައް ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ. މި އާ އަޕްޑޭޓުން ގޫގުލް ޕިކްސެލް 7، ޕިކްސެލް 8، ޕިކްސެލް 9، ޕިކްސެލް 10 އަދި ޕިކްސެލް 11 ގެ ފޯނުތަކަށް މި ހިދުމަތްތައް ސަޕޯޓް ކުރާނެ އެވެ. އަދި އެ ފޯނު ސީރީޒްތަކުގެ އިތުރުން ޕިކްސެލް ފޯލްޑް ޑިވައިސްތަކާއި މި ހިދުމަތް ސަޕޯޓްކުރާ އޭ-ސީރީޒް އަދި ޕްރޯ ފޯލްޑް މޮޑެލްތަކަށް ވެސް އުރީދޫގެ ހިދުމަތްތައް އުރީދޫން ދޭނެ އެވެ.