ވިޔަފާރި
އުރީދޫ ފަންރަންގެ ރަޖިސްޓްރޭޝަން މުއްދަތު އިތުރުކޮށްފި
މިއަހަރުގެ "އުރީދޫ ފަން ރަން 2026" ގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި އަދި އެންމެ ކުލަގަދަ މި ދުވުން، މިއަހަރު އޮންނާނީ ޑިސެމްބަރު 11 ގައި ހުޅުމާލޭގަ އެވެ.

އުރީދޫން ބުނި ގޮތުގައި އޮކްޓޫބަރު 31 ގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އިތުރު އަގަކާ ނުލައި ބިބްގައި ބޭނުންވާ ނަމެއް ޖެހުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ސްޓޭންޑާޑް ކިޓުގައި ހިމެނެނީ ފަން ރަން ޓީޝާޓާއި، މަލްޓިޕާޕަސް ބަންޑާނާގެ އިތުރުން ބިބެވެ.

މި އިވެންޓުގެ ފޯރި އިތުރުކުރުމުގެ ގޮތުން ޕްރީ-އިވެންޓު ހަރަކާތްތަކެއް ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށް އުރީދޫން ބުންޏެވެ. އެގޮތުން ޑިސެމްބަރު 10 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެރޭ 8:00 އިން 12:00 އަށް ޚާއްސަ މިއުޒިކް ޝޯއެއް ކުރިއަށްދާނެއެވެ.

މި އަހަރުގެ ފަން ރަން ކުރިއަށްދާނީ ޑިސެމްބަރު 11 ވަނަ ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު