
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަކިކުރީ ޕެންޝަން އޮފީހުގެ ޗެއާޕާސަން އަބްދުލްމަޖީދު އަލީއާ ގުޅުންހުރި މައްސަލައެއްގައި ހުރި ކަންބޮޑުވުންތައް، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމާބެހޭ ރެގިއުލޭޓަރީ އިދާރާގެ ސަމާލުކަމަށް ގެނައުމުންނެވެ. އޭގެ އިތުރުން އޭނާ ވަކިކުރި ސަބަބުތަކުގެ ތެރޭގައި ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުން ހިމެނެ އެވެ. ޕެންޝަން އޮފީހުން ބުނީ ޝިއުނާ ވަޒީފާއިން ވަކިކޮށްފައިވަނީ، މުވައްޒަފުން އަމަލުކުރަންޖެހޭ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެގެން ކަމަށާއި އެ މައްސަލަ ފުރިހަމަ ތަހުގީގުކުރުމަށްފަހު، ޖަވާބުދާރީވުމަށް ފުރުޞަތު ވެސް ދިނުމަށް ފަހުގައި ކަމަށެވެ.