ޚަބަރު
ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ހުކުމްކުރުން ފަސްކޮށްފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް ކުރުމަށް މާދަމާއަށް ތާވަލުކުރަން އުޅުނު އަޑުއެހުން މާދަމާއަށް ތާވަލުނުކޮށް އެ ހުކުމް ކުުރުން ފަސްކޮށްފި އެވެ.

މި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ނިންމާލައި, މާދަމާ ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ތާވަލްކުރިއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ހުކުމް އިއްވުން މާދަމާ ނުބާއްވާނެކަން ޔާމީންގެ ވަކީލުންނަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ އަންގައިފައެވެ. އަދި ދެން ހުކުމް އިއްވުން އޮންނާނެ ދުވަހެއް އެ ކޯޓުން ހާމައެއް ނުކުރެއެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާނުލައި ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް އަށެވެ. އެ ކުންފުންޏަށް 1.55 މިލިއަން ޑޮލަރަށް ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާ ކަމަށް ބުނާއިރު، ޕެންޑޯރާ ޕޭޕާސްއިން ހާމަވި ގޮތުގައި، އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެކެވެ.

ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސްއަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކްސް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު