ޚަބަރު
އެޗްޑީސީ އާއި ސަލަފު ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް އިފްތާރު ޕެކު ދެނީ
އެޗްޑީސީއާ ސަލަފު ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލަށް އިފްތާރު ޕެކް ފޯރުކޮށްދެނީ --- ފޮޓޯ/ އެޗްޑީސީ
އެޗްޑީސީއާއި ސަލަފު ޖަމިއްޔާ ގުޅިގެން މި ރަމަޟާން މަހު ހުޅުމާލޭ ހޮސްޕިޓަލަށް އިފްތާރު ޕެކް ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

އެކަމަށްޓަކައި އެޗްޑީސީ އާއި ސަލަފު ޖަމިއްޔާއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން އިފްތާރު ޕެކްތައް ތައްޔާރުކުރުމަށް އެޗްޑީސީން ވަނީ ސަލަފު ޖަމިއްޔާއަށް ބޭނުންވާ ޖާގަ ހަމަޖައްސައިދީފަ އެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން މި ޕްރޮގްރާމްގެ ކޯޑިނޭޓާ މުހައްމަދު ޝުޖާއު ވިދާޅުވީ އިފްތާރް ޕެކް ތައްޔާރު ކުރުމަށް މިފަދަ ތަނެއް ހަމަޖެހުމަކީ މިމަސައްކަތަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

"ހިލޭ ސާބަހަށް ކުރާ މިފަދަ ކަންކަމަށްވެސް ބޮޑު ކުލީގައި ތަނެއް ހިފައިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ދަތިކަމެއް. ނަމަވެސް މިއަހަރު މިފަދައިން އެޗްޑީސީން ހަމަޖައްސަވައި ދެއްވިކަމީ އަޅުގަނޑުމެން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަ ކުރާކަމެއް." އޭނާ ވިދާޅުވިއެވެ.

އެޗްޑީސީއިން ބުނީ މި ޕްރޮގްރާމަކީ ބަރަކާތްތެރި ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަށާއި، އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް އެކަކު އަނެކަކަށް ހަދިޔާ ދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށެވެ. އަދި ބަލި މީހުންނަށް ފަރުވާ ދިނުމަށް، ވަރުބަލިކަމެއް ނެތި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

އެޗްޑީސީގެ އަމާޒަކީ، އެ ކުންފުނިން ބުނާ ގޮތުގައި ސީއެސްއާރުގެ ދަށުން ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މުޖުތަމައުއަށް ފައިދާ ހުރި ގިނަ ޕްރޮގުރާމުތަކެއް ހިންގުމާ އެކު ރޯދަ މަހު އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރު އެޅުމެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު