ވިޔަފާރި
އެޗްޑީސީން 7 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަތޮޅުތަކުގައި ގާއިމުކުރަމުންދާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން ހަތް ރަށެއްގެ ޖިމް ނިންމާލައިފި އެވެ.

އެ ކުންފުނިން ބުނީ މިހާރު މަސައްކަތް ކުރަމުން އަންނަ ނުނިމި ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމައިލަން ކަަމަށެވެ. މަސައްކަތް ނިންމައިލި 7 ރަށަކީ އއ. ފެރިދޫ، އއ. އުކުޅަސް، އދ. ދިގުރަށް، އދ. ފެންފުށި، އދ. މާމިގިލި، އދ. މަންދޫ
އަދި ބ. ގޮއިދު އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓް ޖިމް ގާއިމުކޮށް ދެނީ ރައްޔިތުންގެ މެދުގައި ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ މަގުސަދުގަ އެވެ.

އެޗްޑީސީ ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ، ކުންފުނީގެ ސީއެސްއާރުގެ ދަށުން، ދިވެހި މުޖުތަމައުއަށް ފައިދާހުރި މިފަދަ އިތުރު މަޝްރޫއުތައް ވެސް މުސްތަގުބަލުގައި ކުރިއަށް ގެންދިއުން ކަމަށެވެ. އެޗްޑީސީން މިހާރު ވެސް ވަނީ ވަރަށް ގިނަ ސީއެސްއާރު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު