ޚަބަރު
ހުޅުމާލޭން ދޫކޮށްފައިވާ ފުލެޓުތަކަށް 50 ޕަސެންޓު މީހުން ކުލި ނުދައްކާ!
ހިޔާ ފްލެޓުތައް - ފޮޓޯ: ސަން
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 50 ޕަސެންޓް ފްލެޓަށް ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ މީޑިއާގެ 'އަހާށޭ ބުނާނަން' ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޒުހައިރު ވިދާޅުވީ، އެ ކޯޕަރޭޝަނުން ހުޅުމާލޭގައި ހުރި 12،000އަށް ވުރެ ގިނަ ފުލެޓު ބަލަހައްޓާ ކަމަށެވެ. އެކަމަކު، އެކި ސަބަބުތަކާ ހެދި، ކުލި ދައްކަނީ 50 ޕަސެންޓު މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އެއީ ކިހާ އަދަދެއްގެ ކުއްޔެއް ކަމާއި ކިހާ މީހުންނެއް ކަމެއް ޒުހައިރު ހާމައެއް ނުކުރައްވަ އެވެ.

ހުޅުމާލޭގެ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންގެ ތެރޭގައި ފްލެޓުތަކަށް ވަން ފަހުން އެއްގޮތަކަށް ވެސް ކުލި ނުދައްކާ މީހުންނާއި ގަވާއިދުން ކުލި ނުދައްކާ މީހުން ވެސް ހިމެނެ އެވެ. 

ހުޅުމާލޭގެ ފްލެޓްތަކުން ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެޗްޑީސީން "ސަން" އަށް މިދިޔަ އަހަރުގެ މެއި މަހު ދީފައިވާ މައުލޫމާތުގައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު