ޚަބަރު
ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ހުޅުމާލެ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހުޅުމާލޭގައި އޮންނަ ސިންތެޓިކް ޓްރެކް ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާގެ މިންގަނޑަށް ފެތޭ ގޮތަށް ޕީޔޫ ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް އޮކުޓޯބަރު މަހު ފަށާނެ ކަމަށް ޒުވާނުންބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއު އިއުލާންކުރެއްވީ ނިމުނު ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ "އަހާ" ފޯރަމުގައެވެ.

ވަޒީރުންނާއި ސުވާލުކުރުމަށް ކުރިއަށްގެންދާ "އަހާ" ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިއު އޭރު ވިދާޅުވީ، ހުޅުމާލޭގައި މިހާރު އޮތް ސިންތެޓިކް ޓްރެކަކީ ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކަށް ހެދިފައިވާ ޓްރެކެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތުލީޓުން ރެކޯޑެއް ހެދިކަމުގައިވިޔަސް، ވޯލްޑް އެތުލެޓިކްސްގެ އުސޫލު އޮންނަ ގޮތުން ރެކޯޑް ގުނަނީ ހަމައެކަނި ވޯލްޑް އެތުލެޓިކްސް އެސޯސިއޭޝަން ގަބޫލުކުރާ ފެންވަރުގެ ޓްރެކްގައި ހަދާ ރެކޯޑްތައް ކަމަށެވެ.

އަދި މި މަސައްކަތް މިމަހު ފެށުމަށްފަހު އުއްމީދަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ޓްރެކްގެ މަސައްކަތް މުޅިން ނިންމާލުން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި ގާއިމުކުރި އެ ޓްރެކު އެތުލީޓުންނާއި އާންމުން ވެސް ކަސްރަތަށް ބޭނުންކުރެއެވެ. ނަމަވެސް، ޓްރެކް ހަލާކުވެ، ދުވާ މީހުންނަށް ތަފާތު އަނިޔާތަކާ ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާތައް ވަރަށް ގިނައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު