ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި ޖަލަށް ހުކުމްކުރި "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މިއަދު ދޫކޮށްލައިފި އެވެ. 
ކްރިިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ޝަހްޒާން ޖަލަށްލީ މި މަހުގެ 12 ގައެވެ. ޖަލު ހުކުމް ތަންފީޒު ކުރުމާއެކު، ހުޅުމާލެ ޖަލުން ވަނީ ދޫކޮށްލައިފަ އެވެ.ކޯޓުން ނެރެފައިވާ ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ހަމަ އެ ދުވަހު "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށްލުމަށް ކޯޓުން ހުކުމް ކުރިއެވެ. ހުކުމް ތަންފީޒު ކުރުމާ ގުޅިގެން ލީވާން ޖަލުން ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ އެ ދެ ނޫސްވެރިން ދޫކޮށްލަން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް ގޮވާލިއިރު، މާލޭގައި އެކަމަށް ގޮވާލައި ނޫސްވެރިންގެ އިތުރު ބައެއް ސިޔާސީ ޕާޓީތަކުން ވެސް ސިލްސިލާ މުޒާހަރާތައް ބާއްވާފައިވެ އެވެ.
ލީވާން އާއި ޝަހުޒާންއާ މެދު ޖަލުގައި އަމަލު ކުރާ ގޮތުގެ ތަހުގީގެއް ހިންގަން ވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމާފައިވެ އެވެ.
ވީޑިއޯ ޑޮކިއުމެންޓްރީގެ މައްސަލާގައި ފިޔާޒު އާއި ހަސަންގެ ޝަރީއަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.