ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަޑުއެހުން ސިއްރުކޮށް، އީޝާގެ ޝަރީއަތް ފަށައިފި
އަބްދުﷲ މައުރޫފް
05 އޮކްޓޫބަރ 2026 - 12:47
0
comments
Tweet
Telegram
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން އާންމުކުރި ޑޮކިއުމެންޓްރީގައި އިންޓަވިއު ދިން ކަމަށް ތުހުމަތުކުރެވޭ އީޝާ އަޝްރަފްގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފަށައިފި އެވެ.
އަދަދު ނޫހުން މި ޑޮކިއުމެންޓްރީ މިދިޔަ 28 މާޗުގައި އާއްމުކުރީ އެވާހަކަތައް ކިޔައިދޭ މީހާ ސިއްރުކޮށް އަޑު ވެސް ބަދަލުކޮށްގެންނެވެ. އެ ގޮތުން:
މި ޑޮކިއުމެންޓްރީ ނެރުނުތާ އެއް މަސް ފަހުން ފުލުހުން ތަހުގީގެއް ފަށައި، އެ މައްސަލާގައި އީޝާ ފުލުހަށް ހާޒިރު ވެސް ކުރި؛ އަދި އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައި
އީޝާގެ މައްޗަށް ގަޒުފުުކުރުމުގެ ކުށުގެ ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅަނީ މިދިޔަ މަހުގެ 28ގައި
މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން މިއަދު ހެނދުނު 10 ޖެހި އިރު ވަނީ ފަށައިފަ އެވެ. ވަކީލަކާ އެކު އީޝާ ދިޔުމުން، ބެލެވޭ ގޮތުގައި މިއަދު ކުރިއަށް ގެންދާނީ މައްސަލައިގެ ލިޔެކިޔުންތައް ހަމައަށް އީޝާއަށް ލިބިފައިވޭތޯ ބެލުން ޔަގީންކޮށްލުމެވެ.
އޭގެ އިތުރުން:
ކްރިމިނަލް ކޯޓުގެ ތާވަލުގައި ވެސް އަޑުއެހުން ސިއްރުވާނެކަން ބަޔާންކޮށްފައިވޭ؛ އެހެންވެ، މި އަޑުއެހުމަކަށް މީޑިއާތަކަށް ނުވަދެވޭ
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހީމް ޒިހުނީ
މި ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށްވެސް ގަޒުފުކުރުމުގެ ދައުވާ އުފުލާފައިވާއިރު، މަސްދަރު ހިމާޔަތްކުރުމަށް ތަހުގީގުގައި ހަނުތިބި އެ ދެ ނޫސްވެރިންގެ ޝަރީއަތްވެސް ކުރިއަށް ގެންދަނީ ސިއްރުންނެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ ޑޮކިއުމަންޓްރީގެ ވާހަކަ ދެއްކުން މަނާކުރާ 'ގެގް' އަމުރެއް ނެރެފައެވެ. އަދި ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި "އަދަދު" ނޫހުގެ ދެ ނޫސްވެރިއަކު ވަނީ މީގެ ކުރިން ޖަލަށްވެސް ލާފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
29 ދުވަސް ކުރިން
0
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
5 މަސް ކުރިން
0
ގަޒުފުގެ ދައުވާއަށް ފިޔާޒާއި ހަސަން އިންކާރުކޮށްފި
5 މަސް ކުރިން
0
ޖަލަށްލި ނޫސްވެރިޔާ ޝަހްޒާން ދޫކޮށްލައިފި
5 މަސް ކުރިން
0
ޓެކްނިކަލް ޑައިވިންއަށް ހުއްދަދިނުމަށް ގާނޫނެއް ހަދަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތް ވެސް 95125ރ.އަށް ބޮޑުކުރަން ފާސްކޮށްފި
1 ގަޑިއިރު ކުރިން
0
ގާނޫނުލްއުގޫބާތުގެ އިސްލާހަކީ ވެރިން ކުށްވެރިކުރުވާ ހީލަތްތެރި ރޭވުމެއް: ޝަމީމް
1 ގަޑިއިރު ކުރިން
0
15 މެގަވޮޓްގެ ސޯލާ މަޝްރޫއުގައި ސޮއިކޮށްފި
1 ގަޑިއިރު ކުރިން
0
މޯލްޑިވިއަންގެ އޮފީހެއް ބެއިޖިންގައި ހުޅުވައި، ރޯޑްޝޯއެއް ބާއްވައިފި
1 ގަޑިއިރު ކުރިން
0