ޚަބަރު
އަޅުގަނޑުގެ އަމިއްލަ ގޯއްޗެއް ފްލެޓެއް ނޯންނާނެ: ފައިސަލް
ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މާލެއިން ބިމެއް ބައްލަވައިގަތް ވާހަކަ މިނިސްޓަރު ދޮގު ކުރައްވައިފި އެވެ.

ރައީސް ޔާމީންގެ ޕާޓީ -- ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ޔާމީންގެ ގޭގައި ބޭއްވި ޖަލްސާގައި ޔާމީން ވަނީ މިސަރުކާރުގެ ވެރިންނަށް ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިގެ ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ފައިސަލް މާލެއިން ބިމެއް ބައްލަވައިގަނެފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުގެ އިސްވެރިން ގެންދަވަނީ ކޮރަޕްޝަނުގެ ތެރެއިން ގިނަ އަދަދަކަށް ފައިސާ ހޯއްދަވަމުން ކަމަށާއި އަދި އެފަދަ ފައިސާ ބޭނުންކުރައްވައިގެން ބިންތަކާއި އެޕާޓްމަންޓްތަކާއި އެފަދަ އަގު ބޮޑު މުދާ ބައްލަވައިގަންނަވަމުންނެވެ. 

އެ ވާހަކައަށް ރައްދު ދެއްވައި ފައިސަލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މާލެ އިން ބިމެއް ގަތް ކަމަށް ވިދާޅުވެ، ޔާމީން ދައްކަވަމުން ގެންދަވާ ވާހަކައަކީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ވާހަކައެއް ކަމަށެވެ. އެފަދަ ވާހަކަތައް ދެއްކުން ހުއްޓާލުމަށް ފައިސަލް ވަނީ އެދިވަޑައިގެންފަ އެވެ.

ފައިސަލް ވަނީ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރެއްވުމަށް ޔާމީނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު