ވިޔަފާރި
ދުނިޔޭގެ މަޝްހޫރު އަމަން ބްރޭންޑްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ
ޓޫރިޒަމް ދާއިރާގައި މުޅި ދުނިޔޭގައިވެސް މަޝްހޫރު އަމަން ރިސޯޓްސްގެ ޓޫރިޒަމް މަޝްރޫއެއް ވ. އަތޮޅުގައި ފަށައިފި އެވެ.

މި ބްރޭންޑްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާކަން އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

މި ރިސޯޓްގައި 52 ކޮޓަރި ހުންނާނެ އެވެ. މަތީ ފަންތީގެ ރެޒިޑެންސްތައް ހިމެނޭހެން 16 ފަރުމާއެއްގެ ތަންތަން މި ރިސޯޓުގައި ހުންނާނެ އެވެ. މި ތަންތަން ފަރުމާކޮށްފައިވަނީ އަމަންއާއި މަޝްހޫރު ފަރުމާ ކުރާ ކުންފުނި ކެރީ ހިލް އާކިޓެކްޓްސް ގުޅިގެންނެވެ. 

މިއީ 1988 ވަނަ އަހަރު ވުޖޫދަށް އައި އަމަން ރިސޯޓްސް އިން ރާއްޖޭގައި ރިސޯޓެއް ހަދާ ފުރަތަމަ ފަހަރެވެ.

އަމަން ގުރޫޕްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް ވްލަޑް ޑޮރޮނިން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރަން ނިންމީ މަތީ ފަންތީގެ ހިދުމަތް ފަތުރުވެރިންނަށް ދިނުމަށްޓަކައި ކަމަށެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު