ޚަބަރު
ޓްރެއިނިން ރިސޯޓް ހަދަން ސޮއިކޮށްފި
ލ. ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަން ޓޫރިޒަމް މިނިސްޓްރީން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ މިއަދު ހަވާލުކޮށްފި އެވެ.

އެމްއެންޔޫގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ފައިސަލް ވިދާޅުވީ މަޝްރޫއުގެ ދަށުން ޓޫރިޒަމްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދެވޭނެ ކަމަށެވެ.

ޝެހެނާޒް ވިދާޅުވީ ޓްރެއިނިން ރިސޯޓަކީ ބައިނަލްއަގްވާމީ ފެންވަރުގެ ޓްރެއިނިން މަރުކަޒަކަށް ހެދުމުން ދުނިޔޭގެ ކަންކޮޅުތަކުން ދަރިވަރުންނާއި ދިރާސާވެރިން އެ މަރުކަޒަށް އަންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އޭނަ ވިދާޅުވީ މިމަޝްރޫއު ކުރިއަށް ގެންދާނީ ހުޅިމެންދޫގެ ގުދުރަތީ ތިމާވެށި ރައްކާތެރި ކުރުމަށް ވަރަށް ބޮޑު އިސްކަންދީގެން ކަމަށެވެ.

އަމާޒަކީ ދެ އަހަރުގެ ތެރޭގައި އެތަނުގައި މަސައްކަތްތައް ފެށުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު