ޚަބަރު
ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ވ. އަތޮޅުގައި ހިންގަމުން އަންނަ ސިނަމަން ވެލިފުށި މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

ގެނބިގެން މިއަދު މަރުވީ ބެލަރޫސްގެ 64 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނީ ވ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން އުޅޭ ކަމަށް މިއަދު ހެނދުނު 11:29 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން ފެލިދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު