ޚަބަރު
ކ. ގުޅިން ފާނަބަސަންދުގެ 11 ކޭސް ފެނިއްޖެ
ކ. ގުޅި: ގުޅިން ފާނަބަސަންދުގެ 11 ކޭސް ވަނީ ފެނިފައި --- ފޮޓޯ/ އައިލެންޑީ
މި މަހު ކ. ގުޅިން ފާނަބަސަންދުގެ 11 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަހު ކ. ގުޅިން ފާނަބަސަންދުގެ 11 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗުގައި އެޑްމިޓްކުރެވި އިތުރު ފަރުވާދެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ، ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކު ވެސް ރިޕޯޓް ކުރާ ކަމަށެވެ. 

އެގޮތުން މި އަހަރުގެ މިހާތަނަށް 2977 ކޭސް ރިޕޯޓްކޮށްފައިވާ އިރު މާލެއިން 1505 އަދި 1471 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެ އެެވެ.

ނޭވާލާ ނިޒާމު ޖެހޭ މި ބައްޔަކީ ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހަން ޖެހުމުންނާއި އޭނާ އަތްލައި ގެންގުޅޭ ތަކެތި ގެންގުޅުމުންވެސް ގައިންގައަށް އަރާ ބައްޔެކެވެ. ބިހިތަކުގައި ކުރަމަަގާލި ލަންދެން އެ ބަލި ޖެހިފައިވާ މީހުންގެ ގައިން އެހެން މީހުންގެ ގައަށް ބަލި އަރަ އެވެ. 

މި ބަލިޖެހިފައިވާ މީހުންގެ ދިރިއުޅޭ ތަންތަނަށް ދިއުމާއި އެމީހުންނާއި ގައިގޯޅިވެ އުޅުމާއި، އެމީހުން ބޭނުންކުރާ އަންނައުނާއި ހިފައި ގެންގުޅޭ ތަކެތި ގެންގުޅުން ހުއްޓައިލުމަކީ ބަލި ފެތުރުނަނުދިނުމަށް ކުރަންޖެހޭ ކަންކަމުގެ ގޮތުގައި މާހިރުން ފާހަގަކުރައްވަ އެވެ. 

ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު