ވިޔަފާރި
ޓޫރިސްޓުންގެ އަަދަދު 1.4 މިލިއަނަށް އަރައިފި
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް އަރައިފި އެވެ.

ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 15 އާ ހަމައަށް ރާއްޖެ އަށް ޖުމްލަ 1،421،769 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1.2 މިލިޔަން ފަތުރުވެރިންނެވެ. 

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4171 ފަތުރުވެރިން އާދެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ. 

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު 1.8 މިލިއަން ޓޫރިސްޓުން އަ އެވެ.

ތަފާސްހިސާބުތަކުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމު:

  • ޗައިނާ - 207،749
  • ރަޝިޔާ - 154،178
  • އިނގިރޭސިވިލާތް - 121،903
  • އިޓަލީ - 103،752
  • ޖަރުމަން - 100،420
  • އިންޑިއާ - 85،894
  • އެމެރިކާ - 48،180
  • ފްރާންސް - 40،196
  • ސްޕެއިން - 31،885
  • ސްވިޒަލޭންޑް - 26،441

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު