ޚަބަރު
ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީކުރަން އަންގައިފި
ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބޭރު ފައިސާއާބެހޭ އާ ގަވާއިދުގެ ދަށުން އެމްއެމްއޭގައި ރެޖިސްޓްރީވާން ހުޅުވާލައިފި އެވެ.

އެމްއެމްއޭއިން ބުނީ ޓޫރިޒަމް ދާއިރާގައި މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކުން އާ ގަވާއިދުގެ ދަށުން އޮކްޓޯބަރު 31، ގެ ކުރިން އެމްއެމްއޭގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.

އެމްއެމްއޭގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެފްއެކްސް ޕޯޓަލް ރެޖިސްޓްރޭޝަން ފޯމް" މެދުވެރިކޮށް ރަޖިސްޓްރޭޝަން ކުރިއަށް ގެންދަން ވަނީ އަންގާފަ އެވެ.

އެމްއެމްއޭއިން ބުނީ، މި ގަވާއިދަށް އަމަލު ކުރަން ފަށާ ދުވަހުގެ ފަހުން މީރާގައި ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރު ކޮށްދޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކުން، މީރާގައި ރަޖިސްޓްރީ ކުރާތާ 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީގައި ރަޖިސްޓްރީ ކުރަންވާނެ ކަމަށެވެ.

މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓް އިތުރަށް ފުޅާ ކުރުމަށާއި ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް މުހިންމު ކަމަކަށްވާތީ، ހުރިހާ ފަރާތްތަކުން ވެސް މި ކަމަށް އެއްބާރުލުން ދިނުމަށް އެމްއެމްއޭއިން އެދެއެވެ.

އެ އޮތޯރިޓީންވަނީ މި ކަަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅު ނަމަ، 3012121 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވުމަށް، ނުވަތަ އީމެއިލްއަށް އީމެއިލް ކުރެއްވުމަށް އެދިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު