ޚަބަރު
ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ މި މަހު 6 އިން 10 އަށް
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރެއްގައި އިންޑިއާއަށް ވަޑައިގަންނަވަނީ މި މަހު 7 އިން 10 އަށް ކަމަށް ސަރުކާރުން އިއުލާނުކޮށްފި އެވެ.

މީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު ކުރައްވާ ދަތުރެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.  

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ މި ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމުގެ ރައީސްގެ އިތުރުން އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އިންޑިއާ އަށް އެ މަނިކުފާނު ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެކަމަކު، މިދިޔަ ޖޫން މަހު އެ މަނިކުފާނު އެ ދަތުރުފުޅު ކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ. އެހެންވެ، މިއީ ރައީސް މުއިއްޒު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ދިއްލީގެ އިތުރުން މުމްބާއި އާއި ބެންގަލޫރަށް ވެސް ވަޑައިގަންނަވާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު