ޚަބަރު
ބްރޯޑްކާސްޓް ކުރުމަކީ އަމާނާތެއް: ރައީސް
ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާން ވާނީ ރާއްޖެ އާއި ދިވެހިންގެ ހައްގުގައި ވަކަލާތު ކުރުން ކަމަށާއި ބްރޯޑްކާސްޓް ކުރުމަކީ އަމާނާތެއް ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.


އެ މަނިކުފާނު މިގޮތަށް ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން އަންނަ ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

"ބްރޯޑްކާސްޓް ކުރުމަކީ އަމާނާތެކެވެ. މަސްއޫލިއްޔަތެކެވެ. ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވީ، ދިވެހި ގައުމުގެ ހައްގުގައި ވަކާލާތު ކުރުމެވެ،" އެމަނިކުފާނު ލިޔުއްވި ކުރު މެސެޖްގައި ރައީސް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ 4 އޮކްޓޯބަރުގައި ފާހަގަ ކުރާ ބްރޯޑްކާސްޓިން ދުވަހުގެ މި އަހަރުގެ ޝިއާރަކީ، "މާދަމާގެ ތަސައްވުރު: ބްރޯޑްކާސްޓިންގެ މުސްތަގްބަލު ބައްޓަންކުރުން" އެވެ.

ބްރޮޑްކާސްޓިން ދުވަސް ފާހަގަކުރަނީ ޤައުމު ބިނާކުރުމާއި ޑިމޮކްރަސީ އާލާކޮށް، ރައްޔިތުންގެ މެދުގައި ތަފާތު ދާއިރާތަކުން މަޢުލޫމާތުގެ މުއްސަނދިކަން އިތުރުކުރުމަށް ބްރޯޑްކާސްޓަރުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރުމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު