ވިޔަފާރި
ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އާސަހަރާ ރަސްމީކޮށް ހުޅުވައިފި
ރައީސް މުއިއްޒު މިއަދު އާސަހަރާ ހުޅުވައިދެއްވަނީ
މާލޭގެ އާ ސަހަރާގެ މިސްކިތަށް އިތުރުކުރި ބަޔާއި މައްޔިތުންގެ މޫނުބަލަން ދާ މީހުން މަޑުކުރާނެ ޖާގަ ބޮޑުކޮށް ހެދި ބައި މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މިސްކިތް އެއްކޮށް ނިންމައި، ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މާލޭގެ އާސަހަރާ ތަރައްގީކުރަން ބަންދުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އެހެންވެ، މިދިޔަ ދުވަސްތަކުގައި މާލެ ސަރަހައްދުގައި މަރުވާ މީހުން ވަޅުލަމުން އައީ ހުޅުމާލޭގެ ސަހަރާގައެވެ. އެއަށް ފަހު، އާސަހަރާ މިސްކިތުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތް ނިންމައި، މި މަހުގެ ހަވަނަ ދުވަހު ވަނީ ހުޅުވާފައެވެ.

ފުރަތަމަ ފަންގިފިލާ ހުޅުވި ނަމަވެސް، ސަހަރާ އެއްކޮށް ނުނިމޭތީ، އެ ތަނުގައި ކަށުނަމާދުގެ ކަންކަމެއް ނުކުރެއެވެ. ނަމަވެސް، މިއަދު ސަހަރާ އެއްކޮށް ހުޅުވާލުމުން މާލޭގައި މަރުވާ މީހުންގެ ޖަނާޒާތައް މީގެ ފަހުން ބާއްވާނީ މާލޭގެ އާސަހަރާ މިސްކިތުގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު