ޚަބަރު
ބައްސާމް ގަތް ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އަންގައިފި
ބައްސާމް އަދި އޭނާގެ ވަކީލް ކްރިމިނަލް ކޯޓުގައި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލު އެ އެސޯސިއޭޝަނުގެ ފައިސާ ބޭނުންކުރައްވައިގެން ބައްލަވައިގެންނެވިކަމަށް ތުހުމަތުވާ އަމީން އެވެނިއުގެ ދެ އެޕާޓުމެންޓު ފުލުހުންނާ ހަވާލުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ. 

އެނގިފައިވާ ގޮތުގައި، އެ ނޯޓިސްގައި ވަނީ ހުޅުމާލޭގެ އަމިން އެވެނިއުގައި ހުންނަ ބައްސާމްގެ ދެ ޕެންޓްހައުސް އަންނަ އާދިއްތަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުރަން އަންގައިފަ އެވެ. އެ ދުވަހުގެ ކުރިން އެ ތަންތަން ފުލުހުންނާ ހަވާލު ނުކޮށްފި ނަމަ، އެ އިދާރާގެ ބެލުމުގެ ދަށަށް އެ ތަންތަން ނަގާނެ އެވެ.

"އެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ގެންދަނީ ކުރަމުން،" ފުލުހުންގެ މީޑީއާ އޮފިޝަލް ރޭ ވިދާޅުވި އެވެ.

ބައްސާމްގެ ދެ އެ ޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ކޯޓުން އަމުރު ނެރުނީ މިދިޔަ ސެޕްޓެމްބަރު 28 ގަ އެވެ.

އަމީން އެވެނިއު އިން ބައްސާމް ގަތް އެ ދެ ޕެންޓްހައުސް ހުންނަނީ ވެސް ތަނުގެ އުސޫލާ ހިލާފަށް ގުޅުވާލައިފަ އެވެ.

ފުލުހުން ތުހުމަތުކުރި ގޮތުގައި އެފްއޭއެމްއަށް ފީފާއާއި އެނޫންވެސް ބޭރުގެ ފަރާތްތަކުން ދިން ގިނަ އަދަދެއްގެ ފައިސާއަށް ބައްސާމު ހިޔާނާތްތެރިވެވަޑައިގެން އެ ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރައްވާފައިވެ އެވެ. އެގޮތުން ވިޔަފާރީގެ ހަރަދުތައް ހަމަޖެއްސުމަށާއި، ބޭރުގެ ދަތުރުތަކަށް ހަރަދުކުރެއްވުމަށް އެ ފައިސާ ބޭނުންކުރެއްވިކަމަށް ފުލުހުން ބުނެފައިވެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު