ޚަބަރު
އަލިފާން ރޯވި ހަމްދު ދޯނި އަޑިއަށް ގޮސްފި
ކުޑަހުވަދޫ ކައިރީ އޮތް ހަމްދު" ދޯނީ އަޑިއަށް ގޮސްފަ
ދ. ކުޑަހުވަދޫ ކައިރީގައި އޮއްވާ އަލިފާން ރޯވި "ހަމްދު" ނަމަކަށް ދޯނި އަޑިއަށް ގޮސްފި އެވެ. ފުލުހުން ބުނީ ދޯނި އަޑިއަށް ދިޔައީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިިކޮށެވެ.

މިހާދިސާ ހިނގި ވަގުތު ދޯނީގައި ހަ މީހުން ތިބި ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ކ. ކާށިދޫއަށް ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި އަލިފާން ރޯވެގެން ވެސް ސިފައިން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

މި ދޯނީގައި ދަތުރުކުރަމުން ދިޔައީ ތިން ބިދޭސީންނާއި ދެ ދިވެހީން ކަމަށް ސިފައިން ބުނެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު