ޚަބަރު
ފޮޓޯގްރާފަރު ޖައުހަރީ މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ
ފޮޓޯގްރާފަރު ޖައުހަރީ މަސައްކަތުގައި. އޭނާ އަކީ އިސްލާހީ ހަރަކާތުގެ މުހިއްމު ހަރަކާތްތެރިއެއް.
ރާއްޖޭގައި މިހާރު މި އޮތް ވެރިކަމުގެ ނިޒާމު ގެންނަން، ކުރީގެ އިދިކޮޅު ފަރާތްތަކުން ހިންގި ވަރުގަދަ "އިސްލާހީ ހަރަކާތް" ފޮޓޯ ނެގުމުގެ އިތުރުން އެ ހަރަކާތުގައި ވަރުގަދައަށް ބައިވެރި ފޮޓޯގްރާފަރު ، ހ.ވެލަސްފަރުގެ، އިބްރާހީމް ޖައުހަރީ، މޫދުގައި ނިޔާވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ ނިޔާވެފައި އޮއްވާ ފެނުނީ ހ.ވެލަސްފަރުގޭ، އުމުރުން 62 އަހަރުގެ އިބްރާހިމް ޖައުހަރީކަމަށެވެ. ޖައުހަރީ އަކީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުގައި އޭރުގެ ސަރުކާރު ޖަވާބުދާރީ ކުރުވަން އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތައް ފޮޓޯ ނެގުމުގައި ވަަރަށް ހަރަކާތްތެރިކޮށް އުޅުނު މީހެކެވެ. އެކަމުގެ ތެރޭގައި އެތައް ފަހަރަކު އޭނާ ހައްޔަރުވެސް ކުރި އެވެ. 

ޖައުހަރީއަކީ ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލެއް ކަމަށްވާ މަރިޔަމް ޝުނާނާގެ ވެސް ބައްޕަ އެވެ.

އޭނާގެ ހަށިގަނޑު އައިޖިއެމްއެޗްއަށް ގެންގޮސްފައިވާއިރު، އައިޖީއެމްއާއި ހަމަވާލާދީ ފުލުހުން ބުނީ، އެ މިހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ.

އުސްފަސްގަނޑު ސަރަޙައްދުން ކަނޑުމަތީގައި މީހަކު ނިޔާވެފައި އޮތްކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 17:06ގައިކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު