ޚަބަރު
ކުއްޖަކު އޮރިޔާންކޮށް، އަނިޔާކުރުމަށް ފަހު ބްލެކްމެއިލްކުރި މައްސަލަ ބަލަނީ
ލ. ގަމުގައި ހުންނަ ހަމަދް ބިން ހަލީފާ އަލް ތާނީ ސުކޫލުގެ ފިރިހެން ދަރިވަރަކު އެ އުމުރުފުރައިގެ ކުދިންތަކެއް ރަހީނުކޮށްގެން ގެންދިޔުމަށް ފަހު އަނިޔާކޮށް ބަރަހަނާކޮށް ވީޑިއޯ ނަގައި މަރުގެ އިންޒާރުދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ ކުއްޖާގެ މަންމަ، ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މީގެ ދުވަސްކޮޅެއް ކުރިން މިސްކިތެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް ބުލީކޮށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ އެކު އެންމެންގެ ލޭ ކައްކުވާލި ކަމަށާއި މިފަހަރު އެފަދަ ކަމެއް ދިމާވީ އޭނާގެ ދަރިފުޅަށް ކަމަށެވެ.

އޭނާ ބުނި ގޮތުގައި ދަރިފުޅަށް އަނިޔާދިނީ ގޭގައި ނިދާފައި އޮއްވައި، ކުޑަދޮރުން ކޮޓަރީގެ ތެރެއަށް ވަދެ، އެ ކުއްޖާއަށް ބިރު ދައްކައިގެން ގެންދިއުމަށް ފަހު އެވެ.

މަރާލާނެ ކަމުގެ އިންޒާރުދީގެން ކުއްޖާ ބޭރަށް ގެންދިއުމަށް ފަހު އޮރިޔާންކޮށް، އަނިޔާ ވެސް ދިން ކަަމަށާއި ފައިސާ ނުދީފި ނަމަ، ވީޑިއޯ ލީކުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް މަންމަ ލިއެފައިވެ އެވެ.

"ގޭގައި ނިދާފައި އޮއްވައި ގެއަށް ވަދެ ރޫމަށް ކުޑަ ދޮރުން ވަދެ، ބޭރަށް ނުގޮސްފި ނަމަ، މަރާލާނެ ކަމަށް ބުނެ ބިރު ދައްކައި، ބޭރަށް ދިއުމުން ރުއްގަނޑެއްގެ ތެރެއަށް ވައްދައި އޮރިޔާންކޮށް ދަނޑިބުރިއަކުން ތަޅާ ވީޑިއޯކުރުމަށް ފަހު، ރުފިޔާ ނުދީފި ނަމަ ލީކުކޮށްލާނެ ކަމަށް ބުނެ ބްލެކްމެއިލް ކުރި،" އޭނާގެ މަންމަ ބުންޏެވެ.

މި މައްސަލައިގައި ފުލުހުން ބުނީ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެންމައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މީގެކުރިން ވެސް ރަސްދޫގައި މިސްކިތެއް ތެރޭ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ވަނީ ކުރިމަތިވެފަ އެވެ. އަދި ސޯޝަލް މީޑިއާގައި އޭރު އާންމުވި ވީޑިއޯގައި ދެކުއްޖަކު ވެގެން ފައިންނާއި އަތުން އަނިޔާކުރި ތަން ފެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު