ޚަބަރު
އޮޔާދާ ހަށިގަނޑެއް ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ
މަރުވެފައި އޮތް މީހަކު ކަނޑުމަތިން މިއަދު ފެނިއްޖެ އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އުސްފަސްގަނޑާ ދިމާއިން ކަނޑުމަތީގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފުލުހުން ވަނީ ކަމާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން، ފުލުހަކާއި އިތުރު މީހަކު ވެގެން، އުސްފަސްގަނޑު ކައިރީ މޫދުން މީހަކު ނަގާ މަންޒަރު ފެނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު