
ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއަށް ރިޕޯޓުކުރީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށެވެ.ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޒަހަމްތަކަކާއެކު އޮތް މީހަކު ފަތިހު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ތަނަށް ގެންދިޔައިރު ވެސް އެ ފިރިހެން މީހާ އޮތީ މަރުވެފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.މިހާތަނަށް ބެލި ބެލުމުން އެ މީހާއަކީ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ މުވައްޒަފެއްކަން އެނގިފައިވާ ކަމަށް ބުންޏަސް، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކޮން ތަނަކުން ކަމެއް އަދި ސާފެއްނުވެ އެވެ. އެ ފިރިހެން މީހާއަށް ލިބިފައިވާ އަނިޔާތަކެއް އަދި ސާފެއްނުވެ އެވެ.ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.