
ވީޑިއޯ މެސެޖަކާއެކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ ވޭތުވެދިޔަ ދެ ދިހަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެރިކަން ކުރި ކޮރަޕްޓް ސަރުކާރުތަކުގެ ސަބަބުން މުޅި ގައުމު ވަނީ ބޮޑު ދަރަންޏެއްގެ ތެރެއަށް ވައްޓާލާފައެވެ. އަދި މިހާރު އޮތް ސިޔާސީ ނިޒާމު ބަދަލުކޮށް، ގައުމު ހިންގުމުގެ އާ ޒަމާނެއް ފަށަންޖޭހޭ ވަގުތު އަތުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.އުމަރު ވިދާޅުވީ މިއީ ގައުމު ހިންގުމުގެ ނިޒާމަށް އާ ބަދަލުތަކެއް ގެންނަންވީ ވަގުތު ކަމަށާއި ވަރުގަދަ ހަރުދަނާ ލީޑަޝިޕެއް ގައުމަށް ބޭނުންވާ ކަމަށެވެ.