ޚަބަރު
ފަޅަށް ވަންނަން ރޭސް ޖެހި ލޯންޗުތަކެއްގެ މައްސަލަ ބަލަނީ
ނުރައްކާތެރި ގޮތަކަށް ލޯންޗުތަކެއް ދުއްވާ ވީޑިއޯއެއް އާންމުވެ، އާންމުންގެ ފާޑުކިޔުން އަމާޒުވުމުން ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ، ރަށެއްގެ ފަޅަށް ވަނުމަށް ދެ ލޯންޗަކުން ރޭސް ޖަހާ މަންޒަރެވެ.

އެގޮތުން، އެއް ލޯންޗުގެ ދުވެލި ބާރުކޮށް، އަނެއް ލޯންޗަށް ވުރެ ކުރިން ފަޅަށް ވަންނަތަން ފެނެއެވެ. ދެ ލޯންޗް ފަޅަށް ވަނީ ވަރަށް ކައިރިކައިރިންނެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެ މައްސަލައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު