ޚަބަރު
އިންޑިއާގެ ހަވާދު ބްރޭންޑްތަކެއް ރާއްޖޭގައި މަނާކޮށްފި
އިންޑިއާގެ ހަވާދެއް ކަަމަށްވާ "އެވަރެސް" އަދި "އެމްޑީއެޗް" ބްރޭންޑްގެ ހަވާދުު ބައެއް ބާވަތްތަކުގައި އެތިލީން އޮކްސައިޑް (އީޓީއޯ) ހުރިކަމަށް ބުނެ ސިންގަޕޯރ ފުޑް އެޖެންސީ އަދި ހޮންގކޮންގ ސެންޓަރ ފޮރ ފުޑް ސޭފްޓީން އެ އުފެއްދުން ބޭނުން ނުރުމަށް އިލްމާސްކޮށް، އަސަރުކޮށްފައިވާ މި ބްރޭންޑްގެ ބާވްތައް ބާޒާރުން ނެގުމަށް އަންގައިފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ބްރޭންޑުގެ ހަވާދުގައި "އެތިލިން އޮކްސައިޑް" ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބޭތީ، އެ ބްރޭންޑުތަކުގެ ހަވާދުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ބޭނުން ނުކުރުމަށް އަންގާ ކަމަށެވެ.

އެތިލިން އޮކްސައިޑްއަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓް ކުރުމަށް ބޭނުން ކުރާ ކަމިކަލަކަށްވާއިރު، ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަށްޓަކައި އެ ކެމިކަލް ކެމިކަލް ކާބޯޓަކެތީގެ އުފެއްދުންތަކުގައި ބޭނުން ކުރުމަކީ އެދެވޭ ކަމެއް ނޫނެވެ.

އެވަރެސްޓް އަދި އެމްޑީއެޗް ބްރޭންޑުގެ ހަވާދުގެ ބައެއް ބާވަތްތަކުގައި "އެތިލިން އޮކްސައިޑް" ހުރިކަމަށް ބުނެ ސިންގަޕޫރު ފުޑް އެޖެންސީ އަދި ހޮންގްކޮންގްގެ ސެންޓަ ފޯ ފުޑް ސޭފްޓީއިން ވަނީ އެ އުފެއްދުން ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައިކަން ވެސް އެމްއެފްޑީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

އެމްއެފްޑީއޭއިން ބުނީ އެ ބްރޭންޑުތަކުގެ ހަވާދަކީ ރާއްޖެއަށް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރާ ހަވާދެއް ކަމަށާއި، ރާއްޖެއަށް އެތެރެކުރާ އެ ބްރޭންޑުގެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މި ދެ ބްރޭންޑްގެ ހަވާދުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި ބޭނުން ނުކުރުން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު