ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދެ ކުއްޖެއްގެ ބޯންމެރޯ ކާމިޔާބު: މިނިސްޓަރު
ހުމާ ނަސީމް
09 މެއި 2024 - 10:13
0
comments
Tweet
Telegram
ދައުލަތުގެ ޚަރަދުގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދިޔަ ކުދީންގެ ތެރެއިން ދެ ކުއްޖެއްގެ އޮޕަރޭޝަން ނިމިފައިވާ ކަމަށާ އެ ކުދީންގެ ހާލަތު ވެސް ރަނގަޅު ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަހާ ގުޅިގެން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހިލޭ ބޯންމެރޯ ހެދުމަށް ސަރުކާރުން ފަސް ކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، މިނިސްޓަރު ވިދާޅުވީ އޮޕަރޭޝަން ހަދާފައިވާ ދެ ކުދީންގެ ވެސް ޞިއްހަތު ވަރަށް ރަނގަޅު ކަމަށެވެ. އަދި އެ ދެ ކުދީން ވެސް ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، އިތުރު އޮބްޒަވޭޝަންއަށް ތިބީ އެކޮމޮޑޭޝަންގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބާކީ ތިން ކުދީންގެ އޮޕަރޭޝަންގެ ކަންކަން ވަރަށް ކައިރި މުސްތަގުބަލެއްގައި ހަމަޖެހޭނެ ކަމަށެވެ.
މިނިސްޓަރު ރޭ ވަނީ މި އަހަރު އިތުރު 10 ކުދީން ބޯމެރޯ ހެދުމަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން އަހަރުގެ މެދުތެރޭ ފަސް ކުއްޖަކު އަދި ފަސްކޮޅު ފަސް ކުއްޖަކު ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.
މި ފަސް އަހަރުން 50 ކުދީންނަށް ބޯންމެރޯ ހަދައިދޭން އެހީތެރިވެދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެ ނިންމުމުގެ ދަށުން ތެލަސީމިއާ ކުދިންގެ ތެރެއިން ފުދުންތެރިކަން ނެތް ފަރާތްތަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހެލްތް އާ ދެމެދު އެއްބަސްވުމެއް ގައި ވަނީ ސޮއިކޮށްފަ އެވެ.
މީގެ ކުރިން ބޯންމެރޯ ކްރޮސްމެޗް ޓެސްޓަކީ ވަރަށް ދަތި ހާލުން ހެދޭ އެއްޗެކެޗެވެ. އެ ގޮތުން ބޯންމެރޯ މެޗްކުރުމަށް ހަދާ ޓެސްޓު ވެސް ޑޯނާއާއި ބަލިމީހާ ރާއްޖޭން ބޭރަށް ގޮސްގެން ނޫނީ ނުހެދެއެވެ. އެހެން ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތީން މިހާރު ރާއްޖޭގައި ތިބެގެން އެ ޓެސްޓް ހެދޭނެ އިންތިޒާމް ވަނީ ސަރުކާރުން ހަމަޖައްސާފަ އެވެ.
"މީގެ ކުރިން ބޯންމެރޯ ޓެސްޓް ހެދުމަށްޓަކައި މެޗްކުރުމަށް ޑޯނާއާ، އަދި އޭގެ އިތުރުން ބަލިމީހާގެ ބޯންމެރޯ ހެދުމަށް މެޗްކުރުމަށް ކުރަން ޖެހޭ ޓެސްޓްތަކަކީ ވަރަށް ދަތިހާލުގައި ކުރާ ކަމެއް. ރާއްޖޭން ބޭރަށް ޕޭޝަންޓާ އަދި އޭގެ އިތުރުން ޑޯނާ، ހަމަ އެއާއެކު ޕޭރެންޓުން ރާއްޖޭޏް ބޭރަށް ގޮސްގެން ނޫނީ ނުކުރެވޭ ޓެސްޓްތަކެއް މީ. އެހެންމާ ފައިސާގެ ގޮތުންނާއި ވަގުތުގެ ގޮތުންނާ ވަރަށް ބޮޑު ގުރުބާނީއެއް ހަގީގަތުގައި ބެލެނިވެރިން ވަމުންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މި ކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މިދިޔަ މާޗު މަހުގެ ހަތެއްގައި އެންމެ ފުރަތަމަ ކުރެވުނު ބޯންމެރޯ ޓެސްޓް 13 ފަރާތެއް ހަދާފައިވާ ކަމަށެވެ. އަދި އެއީ ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމް ކުރަން މަސައްކަތް ފަށާފައެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި 659 ތެލެސީމިއާ ޕޭޝަންޓުން އުޅެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ހަރަދު ބޮޑުވާތީ އަޅަން ނިންމާފައި ހުރި ހޮސްޕިޓަލްތަކުގެ ޑިޒައިން ބަދަލުކުރަނީ
4 ދުވަސް ކުރިން
0
ރާއްޖެ އެތެރެކުރާ ކާބޯތަކެތީގަ ކެމިކަލް އެކުލެވޭ މިންވަރު ބަލަން ސާމްޕަލް ނަގަން ފަށަނީ
6 ދުވަސް ކުރިން
0
އޭޕްރިލް މަހު ޑެންގީގެ 244 ކޭސް ރިޕޯޓުކުރި: އެޗްޕީއޭ
11 ދުވަސް ކުރިން
0
ސިއްހީ ހިދުމަތްތެރިންގެ އަގުވައްޓާނުލަން މެޑިކަލް އެސޯސިއޭޝަނުން އެދިއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުއްދަ ނޫން ސަރަހައްދުތަކަށް ޑްރޯން އަރުވާ މައްސަލަ ބޮޑުވެއްޖެ
2 ގަޑިއިރު ކުރިން
0
ރައީސީ އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފި
3 ގަޑިއިރު ކުރިން
0
އަކްރަމް، ކުރީގެ މެންބަރު މުސްތަފާއަށް މިލިއަނެއްހާ ރުފިޔާ ދައްކަން ހުކުމްކޮށްފި
3 ގަޑިއިރު ކުރިން
0
ގެއްލުނު ބިދޭސީ މީހާ ފެނިއްޖެ
4 ގަޑިއިރު ކުރިން
0