ޚަބަރު
ސިއްހީ ހިދުމަތްތެރިންގެ އަގުވައްޓާނުލަން މެޑިކަލް އެސޯސިއޭޝަނުން އެދިއްޖެ
ސިއްހީ ދާއިރާގެ ހިދުމަތްތަކާ މެދު އިތުބާރު ގެއްލޭގޮތަށް ވާހަކަ ފަތުރަމުންދާ ކަމަށް ބުނެ އެކަން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ކުށްވެރިކޮށްފިއެވެ.

އައިޖީއެމްއެޗުން ދިން ފަރުވާއަކާމެދު ހިތްހަމަ ނުޖެހިގެން މި ފަހުން ވެސް މީހަކު ވަނީ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ލިޔެ ޕޯސްޓުކޮށްފައެވެ. އައިޖީއެމްއެޗުގެ ޑޮކްޓަރަކަށް މި ތުހުމަތު ކުރީ ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކައުންޓަކުންނެވެ. އެކަމަކު އައިޖީއެމްއެޗުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

އެ ކަމާ ގުޅިގެން މައްސަލަ ބޮޑުވެ، އައިޖީއެމްއެޗުން ވެސްވަނީ ޑޮކްޓަރުންނާއި އެ މީހުން ދޭ ޚިދުމަތް ދިފާއުކޮށް ބަޔާނެއް ނެރެފައެވެ. މި ދަނޑިވަޅުގައި މެޑިކަލް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވަނީ ކަމުގެ ހަގީގަތެއް ނޭނގި އެކި ވާހަކަތައް ފެތުރުމުން އެ ކަމުގެ ނޭދެވޭ އަސަރުކުރާނީ މުޖުތަމައުގައި ސިއްހީ ޚިދުމަތް އެންމެ ބޭނުންވާ އާންމު ރައްޔިތުންނަށް ކަމަށެވެ.

އަދި އެއީ ސިއްހީ ޚިދުމަތާމެދު އޮންނަ އިތުބާރު ގެއްލި، ރާއްޖެއިން ލިބޭ ފަރުވާ ހޯދަން ވެސް ބޮޑު ޚަރަދުކޮށް ރާއްޖެއިން ބޭރަށް ދިއުމުގެ ސަގާފަތް ދިރުވޭ ކަމެއް ކަމަށް ބުނެފައިވެއެވެ.

"ސިއްހީ ފަރުވާއާ ގުޅުން ހުރި ކަންކަމުގައި ރަނގަޅު މައުލޫމާތު އެނގި ހުރެ، ހަގީގަތް ރަނގަޅަށް ބެލުމަށް ފަހު މެނުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފުތެރުމަށާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން އެ މީހުންގެ ހިދުމަތް ކުރިއަށް ގެންދިއުމަށް މުޖުތަމައުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދެއްވުމަށް ވެސް މި ފުރުސަތުގައި ގޮވާލަމެވެ،" ބަޔާނުގައި ވެ އެވެ.

ޑޮކްޓަރުންނާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކާ މެދު މެޑިކަލް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކުރިއިރު، ފަރުވާގެ އެކި ކަންކަމާ މެދު ހިތްހަމަނުޖެހިގެން، ދޭތެރެދޭތެރެއިން ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމްތަކުގައި އެ މީހުންގެ ފޮޓޯ އާންމުކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު