
"އަހަރެންގެ ސިއްހަތު - އަހަރެންގެ ހައްގު" ގެ ދަށުން މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، ސިއްހަތަކީ ކޮންމެ މީހަކަށް ލިބިފައިވާ ހައްގަކަށް ވާއިރު އެ ހައްގާ އެކު ޒިންމާއެއް ވެސް ވާ ކަމަށެވެ.އަމިއްލަ ދިރިއުޅުމާއި އާއިލީ ދިރިއުޅުމުގައި ވެސް ސިއްހަތަށް ސަމާލުކަން ދިނުމާއި ކެއުންބުއިމާއިި އުޅުންތަކާ ގުޅުންތަކުގެ ތެރެއިން ސިއްހަތުގެ ހައްގު ކަށަވަރުކުރުމަށް މިނިސްޓަރު ގޮވާލެއްވި އެވެ."ކުއްލި ހާލަތުގައި ބަލިމީހުންނަށް އަވަހަށް ފަރުވާ ޔަޤީން ކުރުމަށް އެއަރ އެމްބިއުލަންސް ގެ ޚިދުމަތް ތައާރަފުކުރުމާ، ބިދޭސީ މަސައްކަތްތެރިންގެ ޞިއްޙީ ކަންކަން ފާރަވެރިކަމާ އަދި އިތުބާރުހުރިގޮތެއްގައި ބަލަހައްޓަން ފެށުމާ، އައު ޚިދުމަތްތައް ތަޢާރަފު ކުރުން ހިމެނޭ. މީގެ ތެރޭގައި ތެލެސީމިއާ ބައްޔާ ކެންސަރު ބައްޔަށް ހާއްސަ ހަސްފަތާލު ގާއިމު ކުރުމާ، ޑިޖިޓަލް ހެލްތުގެ ހިދުމަތް ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށްނީ ހަމަޖެހިފައި" މިނިސްޓަރު ވިދާޅުވި އެވެ.