ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސިއްހަތަކީ ހަމައެކަނި ފަރުވާގެ ހިދުމަތެއް ނޫން: ޑރ. ހަލީލް
ހުމާ ނަސީމް
07 އޭޕްރީލް 2024 - 17:59
0
comments
Tweet
Telegram
ސިއްހަތަކީ ނުވަތަ ސިއްހަތުގެ ހައްގަކީ، ހަމައެކަނި ހަސްފަތާލުތަކާއި ސިއްހީ މަރުކަޒުތަކުން ލިބެން ހުންނަ ސިއްހީ ފަރުވާއާއި ޚިދުމަތްތައް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދު ﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
"އަހަރެންގެ ސިއްހަތު - އަހަރެންގެ ހައްގު" ގެ ދަށުން މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، ސިއްހަތަކީ ކޮންމެ މީހަކަށް ލިބިފައިވާ ހައްގަކަށް ވާއިރު އެ ހައްގާ އެކު ޒިންމާއެއް ވެސް ވާ ކަމަށެވެ.
އަމިއްލަ ދިރިއުޅުމާއި އާއިލީ ދިރިއުޅުމުގައި ވެސް ސިއްހަތަށް ސަމާލުކަން ދިނުމާއި ކެއުންބުއިމާއިި އުޅުންތަކާ ގުޅުންތަކުގެ ތެރެއިން ސިއްހަތުގެ ހައްގު ކަށަވަރުކުރުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.
"ކުއްލި ހާލަތުގައި ބަލިމީހުންނަށް އަވަހަށް ފަރުވާ ޔަޤީން ކުރުމަށް އެއަރ އެމްބިއުލަންސް ގެ ޚިދުމަތް ތައާރަފުކުރުމާ، ބިދޭސީ މަސައްކަތްތެރިންގެ ޞިއްޙީ ކަންކަން ފާރަވެރިކަމާ އަދި އިތުބާރުހުރިގޮތެއްގައި ބަލަހައްޓަން ފެށުމާ، އައު ޚިދުމަތްތައް ތަޢާރަފު ކުރުން ހިމެނޭ. މީގެ ތެރޭގައި ތެލެސީމިއާ ބައްޔާ ކެންސަރު ބައްޔަށް ހާއްސަ ހަސްފަތާލު ގާއިމު ކުރުމާ، ޑިޖިޓަލް ހެލްތުގެ ހިދުމަތް ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށްނީ ހަމަޖެހިފައި"
މިނިސްޓަރު
ވިދާޅުވި އެވެ.
މިނިސްޓަރު
ޑރ. ހަލީލު ވިދާޅުވީ ޞިއްޙީ ފަރުވާގެ އެންމެ މުހިއްމު އެއްބަޔަކީ، ފަރުވާއަށް ދެވޭ ބޭސް ކަމަށާއި ރާއްޖޭގައި ދެވޭ ބޭހަކީ ޞައްޙަ އަދި ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރު ކުރުވޭނެ ނިޒާމެއް މިހާރު ގާއިމުކުރެވިފައިކަން ވަނީ ފާހަގަކުރެއްވި އެވެ.
"އަހަރެންގެ ޞިއްޙަތު- އަހަރެންގެ ޙައްޤު" ފުރިހަމަ މާނާގައި އަދި ދެމެހެއްޓެނިވިގޮތެއްގައި ކަށަރުކުރެވޭނޭހެން ސިއްހީ ދާއިރާގެ ހިދުމަތްތައް މިހާރު ގާއިމުކުރެވި، އިންޤިލާބީ ހެޔޮ ބަދަލުތަކާ ދިމާލަށް މިސްރާބު ޖަހާފައިކަން ފާހަގަކުރައްވައި
މިނިސްޓަރު
ޑރ. ހަލީލު ވަނީ އެހެޔޮ ބަދަލުތަކާއެކު، ޞިއްޙަތާ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކުރިއެރުވުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ގަޑިއިރު ކުރިން
0
ހުރިހާ އަތޮޅު ހޮސްޕިޓަލުގައި މިއަހަރު ޑައިލިސިސް ހަދަން ފަށަނީ
3 ދުވަސް ކުރިން
0
އިންޑިއާގެ ހަވާދު ބްރޭންޑްތަކެއް ރާއްޖޭގައި މަނާކޮށްފި
1 މަސް ކުރިން
0
17 ރަށަށް ބޭނުންވާ ލެބޯޓްރީ އިކުއިޕްމެންޓު ހޯދަން ޗައިނާއާއެކު އެއްބަސްވުމެއް
1 މަސް ކުރިން
0
އެއާ އެމްބިއުލާންސް ސީޕްލޭންގެ ފުރަތަމަ ދަތުރުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޕީއެސްއެމްގެ ޑިރެކްޓަރ ފައިނޭންސް، ހަނީފް މަސްއޫލިއްޔަތުން އެކަހެރިކޮށްފި
2 ގަޑިއިރު ކުރިން
0
ވިނަރެސް ފްލެޓުތަކަށް އޮންލައިންކޮށް ހުށަހެޅި ފޯމުތައް ބާތިލްކޮށްފި
2 ގަޑިއިރު ކުރިން
0
އުމުރުން ދުވަސްވީ މީހުންގެ އައިޑީކާޑު އާ ކުރަންނުޖެހޭ ގޮތް ހަދަނީ
5 ގަޑިއިރު ކުރިން
0
ހުރިހާ އަތޮޅު ހޮސްޕިޓަލުގައި މިއަހަރު ޑައިލިސިސް ހަދަން ފަށަނީ
6 ގަޑިއިރު ކުރިން
0