ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ނެޝަނަލް ސާވިސްގެ ފުރަތަމަ ބުރުން 344 ދަރިވަރުން ދަސްވެނިވެއްޖެ
އައިމިނަތު ޝިޔާޒާ
28 ޑިސެމްބަރ 2025 - 19:41
0
comments
ނެޝަނަލް ސާވިސް ޕްރޮގްރާމުގެ ބައިވެރިން ނަސްރުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވަނީ
Tweet
Telegram
ދިވެހި ވަޠަނީ ޚިދުމަތުގެ ދަށުން ކުރިއަށްގެންދާ 1ވަނަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ބެޗުގެ ކިޔެވުން ނިންމައި 344 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.
މި ޕްރޮގްރާމުގެ މަގުސަދަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ އަދި ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ، ޒިންމާދާރު ދިވެހި ރައްޔިތެއް ބިނާކުރުމެވެ.
އެގޮތުން، އެންމެ ފުރަތަމަ ތަމްރީނުތައް ނިންމައި 344 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. ފުރަތަމަ ބުރުގެ ޓްރެއިނިންތައް ފެށީ 350 ދަރިވަރުންނާއެކުގަ އެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ކުރިއަށްގެންދިޔަ ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުން ތަމްރީން ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުޢުމޫނެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިން ނިންމި ދަރިވަރުންގެ ޝަރަފުގެ ހިނގާލުން ވަނީ ބާއްވާފައެވެ.
ނެޝަނަލް ސާވިސް ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމަވާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ޒުވާނަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭއިރު ޕްރޮގްރާމު ހިންގުމަށް އަހަރަކު 400 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާނެ ކަމަށް ރައީސް ކުރިން ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރަން ޔޫކޭއާއެކު މަޝްވަރާކޮށްފި
1 މަސް ކުރިން
0
ނޭޝަނަލް ސާވިސްގެ ދެވަނަ ބެޗުގެ 350 ބައިވެރިން ދަސްވެނިވެއްޖެ
2 މަސް ކުރިން
0
އޮސްޓްރޭލިއާއެކު ކަނޑުދަތުރުފަތުރުގެ ސަލާމަތާ ގުޅޭ އެއްބަސްވުމެއް
2 މަސް ކުރިން
0
ޑިފެންސް މިނިސްޓަރުކަމަށް ހަސަން ރަޝީދު ހަމަޖައްސައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެމެރިކާގެ އިސް ބޭފުޅަކު ރައީސްއާ ބައްދަލުކުރައްވައިފި
5 ގަޑިއިރު ކުރިން
0
ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑަށް ބަދަލު ގެނެސްފި
5 ގަޑިއިރު ކުރިން
0
ވޯލްޑް ކަޕް ތަށި ހަވާލުކުރާނީ ޓްރަމްޕް: ފީފާ
7 ގަޑިއިރު ކުރިން
0
ޕީސީބީއަށް ނިޒާރު އަލުން އައްޔަންކުރަން މަޖިލީހުން ރުހުންދީފި
7 ގަޑިއިރު ކުރިން
0